30 ޖުލައި 2021
ބަރަހަނާ ފިލްމު ހަދައިގެން އާމްދަމީ ހޯދަމުން ދިޔަ މައްސަލާގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، ބަތަލާއަކު ވާހަކަ ދައްކައިފި އެވެ.
ބަރަހަނާ ފިލްމު ހަދައިގެން އާމްދަމީ ހޯދަމުން ދިޔަ މައްސަލާގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، ބަތަލާއަކު ވާހަކަ ދައްކައިފި އެވެ.
ރާޖް މި މަހުގެ 19 ގައި ހައްޔަރުކުރުމާ އެކު އޭނާއާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުތް އަންހެނުންގެ ތެރޭގައި ހިމެނޭ ބަތަލާ ޝެރިލީން ޗޯޕްޅާ ބުނި ގޮތުގައި އޭނާގެ އަމިއްލަ ކޮންޓެންޓް ގެނެސްދޭ މޮބައިލް އެޕެއްގައި ހިމެނޭ ކޮންޓެންޓް ފެނިގެން، މެނޭޖަރާ ގުޅައިގެން ރާޖް އޭނާ ބައްދަލުކުރަން ގެއަށް ގޮސްފައިވެ އެވެ.
އެގޮތުން މާޗް 27، 2019 ގައި ނުވެސް އަންގައި ކުއްލި ގޮތަކަށް ގެއަށް ގޮސް ރާޖް އޭނާއާ ބައްދަލުކޮށް ގައިގޯޅިވެފައިވާ ކަމަށް ޝެރިލީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ގަދަކަމުން ގައިގައި ބައްދާލައި ރާޖް އޭނާ އަށް ދޮންދީ، ގަދަކަމުން ޖިންސީ ގުޅުން ހިންގަމުން އުޅުމުން އޭނާ ދުރަށް ކޮއްޕާލައި ސަލާމަތްވާން ދުވެ ގޮސް ފާހާނާ އަށް ވަދެ ތަޅުލީ އެވެ.
ޝެރިލީން ކިޔައިދިން ގޮތުގައި ރާޖް ވަނީ އޭނާ އާއި ޝިލްޕާއާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށާއި ގޭގައި ޝިލްޕާއާ އެކީ އުޅޭ ކޮންމެ ވަގުތަކީ ހާސްކަން ބޮޑު ވަގުތެއް ކަމަށް ބުނެފަ އެވެ.
ރާނީ މުކަރްޖީ އާއި ޝާހިދުގެ ކަަޕޫރްގެ 2009 ގެ ފިލްމު "ދިލް ބޯލޭ ހަޑިއްޕާ" އާއި 2007 ގެ "ރަގީބް" އަދި 2016 ގެ "ވަޖާ ތުމް ހޯ ފަދަ" ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ 37 އަހަރުގެ ބަތަލާ ބުނީ ރާޖް ހިންގާ އެޕަކަށް ފިލްމު ކުޅެދޭން އެދި އެގްރިމަންޓް ހަދަން މަޖުބޫރުކުރުވާފައިވާ ކަމަށެވެ. އަދި އޭނާގެ ކަންތައްގަނޑު މާ ބޮޑުވެގެން 2019 ވަނަ އަހަރު އެ މައްސަލަ ފުހުންނަށް ވެސް ހުށަހެޅި ކަމަށާއި އެކަމަކު ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ޝެރިލީން ބުންޏެވެ.
މުމްބާއީގެ ފުލުހުންނާއި ކްރައިމް ބްރާންޗް ގުޅިގެން މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރާޖްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، އޭނާއާ ދެކޮޅަށް ޝެރިލީން ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފަ އެވެ.
އޭނާގެ އިތުރުން ރާޖްއާ ދެކޮޅަށް ވާހަކަ ދައްކާފައިވާ ބަތަލާއިންގެ ތެރޭގައި "ނަޝާ" އާއި "ދަ ޖާނީ އޮފް ކަރްމާ" ފަދަ ފިލްމުތައް ކުޅުނު ޕޫނަމް ޕާންޑޭ ވެސް ހިމެނެ އެވެ.
ރާޖް ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، އޭނާގެ ކަފާލާތުގެ މައްސަލަ ބުދަ ދުވަހު މުމްބާއީ ހައި ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެކަން ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ. މުމްބާއީ ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި ރާޖް އިސްކޮށް ހުރެގެން، ގިނަ ބަތަކު ހިއްސާވާ ގޮތަށް ބަރަހަނާ ފިލްމު ހަދައި "ހޮޓްޝޮޓް" ކިޔާ މޮބައިލް އެޕެއްގައި ދައުރުކޮށް އާމްދަނީ ހޯދާ މައްސަލަ ރިޕޯޓްކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އެ އެޕުން އޭނާ ދުވާލެއްގެ މައްޗަށް 6-8 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދަމުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޝެރްލީންގެ އަތުން 50 ކްރޯޑް ހޯދަން ޝިލްޕާ ކޯޓަށް
ރާޖް ކުންދުރާ އަށް މަނީ ލޯންޑްރިންގެ ތުހުމަތު
ބަރަހަނާ ފިލްމުގެ ތުހުމަތުގައި އަސާސެއް ނެތް: ރާޖް
ފިރިމީހާ ކޮބައިތޯ އެހުމުން ޝިލްޕާ ރުޅިގަދަވެއްޖެ
ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި
ޝިލްޕާ އާއި މަންމައާ ދެކޮޅަށް ހީލަތުގެ މައްސަލަތަކެއް
މީޑިއާގެ ޝަރީއަތެއް ބޭނުމެއް ނޫން: ޝިލްޕާ
މީޑިއާއާ ދެކޮޅަށް ޝިލްޕާ ކޯޓަށް
ޝިލްޕާގެ ފިރިމީހާގެ ބަންދަށް އިތުރު 14 ދުވަސް
ފިރިމީހާ ކުށެއްކުރި ކަމަކަށް ޝިލްޕާ ގަބޫލެއް ނުކުރޭ!