12 ޖެނުއަރީ 2022
މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ސުކޭޝް ޗަންދުރަސޭކަރްއާ ލޯބީގެ ގުޅުމެއް ބާއްވައި، އޭނާގެ އަތުން ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް އަށް ލިބިފައިވާ ކަމަށް ބެލެވޭ އަގު ބޮޑު ތަކެތި ހަދިޔާތަކެއްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ސުކޭޝްއާ އެކު ނަގާފައިވާ ޖެކްލިންގެ ގައިގޯޅި ފޮޓޯތަކެއް މީޑިއާތަކުން ލީކްކުރަމުންދާތީ ޖެކްލިންގެ ދިފާއުގައި ބަތަލާއިންތަކެއް ނުކުމެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ސުކޭޝް ޗަންދުރަސޭކަރްއާ ލޯބީގެ ގުޅުމެއް ބާއްވައި، އޭނާގެ އަތުން ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް އަށް ލިބިފައިވާ ކަމަށް ބެލެވޭ އަގު ބޮޑު ތަކެތި ހަދިޔާތަކެއްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ސުކޭޝްއާ އެކު ނަގާފައިވާ ޖެކްލިންގެ ގައިގޯޅި ފޮޓޯތަކެއް މީޑިއާތަކުން ލީކްކުރަމުންދާތީ ޖެކްލިންގެ ދިފާއުގައި ބަތަލާއިންތަކެއް ނުކުމެއްޖެ އެވެ.
ސުކޭޝް އާއި ޖެކްލިންގެ ގައިގޯޅި ފޮޓޯތަކެއް ފުރަތަމަ އާންމުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ކުރީކޮޅު ކުރިއަށް ވުރެ މާ ގައިގޯޅި ކަން ބޮޑު ފޮޓޯއެއް އާންމުވެފައިވެ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ ޖެކްލީން މީޑިއާތަކުގައި އެދުނީ އޭނާގެ ޕްރައިވެޓް ފޮޓޯތައް އާންމު ނުކުރުމަށެވެ. މިއާ އެކު ޖެކްލިންއާ އެކު ތިބިކަން ހާމަކޮށްފައިވާ ތަރިންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި ބޫމީ ޕަޑްނޭކަރާއި ނުޝްރަތު ބަރޫޗާ އާއި މުރްނާލް ތާކޫރާއި ދިއާ މިރުޒާ އާއި ރިއާ ޗައްޑާ އަދި ކޮމީިއަން ޖެމީ ލީވާ ފަދަ ފަންނާނުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ އާއި ތެލެގު އެކްޓަރު އައްލޫ އަރުޖުން ވެސް ޖެކްލިންއާ އެކު ތިބިކަން ހާމަކޮށްފައިވެ އެވެ.
ނަމަވެސް ޖެކްލިންގެ ކޯ-ސްޓާރުންގެ ތެރެއިން ސަލްމާން ޚާނާއި އަކްޝޭ ކުމާރާއި ރަންވީރު ސިންގް އަދި ސިދާތު މަލްއުތުރާ އާއި އަރުޖުން ކަޕޫރާއި ޖޯން އަބްރަހަމް ފަދަ އެއްވެސް އެކްޓަރަކު ޖެކްލިންގެ ދިފާއުގައި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސުކޭޝްގެ މައްސަލައިގެ ތެރެއިން ޖެކްލިން ރާޑަރަށް އަރައި، އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް އެންފޯސްމަންޓް (އީޑީ) ކުރިއަށް ގެންދާ ތަހުގީގާ ހެދި ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާ އަށް މިދިޔަ މަހު، ސަލްމާން ސައުދި އަރަބިއްޔާގައި ބޭއްވި ޓުއާގައި ވެސް ބައިވެރިވެވޭ ގޮތެއް ނުވި އެވެ. އީޑީން އޮތީ ތަހުގީގު ކުރިއަށް ދާތީ ޖެކްލިން އިންޑިއާ އިން ބޭރަށް ދިއުން މި ވަގުތަށް މަނާކޮށްފަ އެވެ.
މި މައްސަލަގަނޑުގެ ތެރޭގައި އޭނާ އުޅޭ އިރު މިދިޔަ ހަފުތާގައި ބަހްރައިންގެ ހުރި މަންމަ އަށް ސްޓްރޯކެއް ވެސް ޖެހިފައިވެ އެވެ.
މަނީ ލޯންޑްރިންއާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ
ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް
ކައިވެނިހަފުލާތަކުން ވެސް ބޮލީވުޑްގެ ތަރިންނަށް އާމްދަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަމީތާބާ އެކު "އާނކޭ 2" ގައި ސިދާތު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް