ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނަކީ ވަރަށް ބޮޑެތި އާމްދަނީ ލިބޭ ބަޔަކަށް ވިޔަސް އެ މީހުންނަށް ފިލްމުތަކުން ލިބޭ އާމްދަނީގެ އިތުރުން ވެސް ތަފާތު އެހެން ގޮތްގޮތުން ވެސް ބޮޑު އާމްދަނީ ހޯދަ އެވެ.
15 ސެޕްޓެމްބަރ 2021
ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނަކީ ވަރަށް ބޮޑެތި އާމްދަނީ ލިބޭ ބަޔަކަށް ވިޔަސް އެ މީހުންނަށް ފިލްމުތަކުން ލިބޭ އާމްދަނީގެ އިތުރުން ވެސް ތަފާތު އެހެން ގޮތްގޮތުން ވެސް ބޮޑު އާމްދަނީ ހޯދަ އެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުއްސަނދިން ބާއްވާ ޕްރައިވެޓް ކައިވެނި ހަފުލާތަކުގައި ޕަފޯމްކޮށްގެން ބައެއް ތަރިން ހޯދާ ބޮޑު އާމްދަނީ އެވެ. ބޮލީވުޑް ލައިފުން ގެނެސްދީފައިވާ ރިޕޯޓެއްގައި ތަރިންގެ މި އަގުތައް ހާމަކޮށްފައިވެ އެވެ.
އެކްޓަރުންގެ ތެރެއިން ޕްރައިވެޓް ކައިވެނި ޕާޓީތަކުގައި ޕަފޯމްކޮށްގެން އެންމެ ބޮޑު އަގެއް ލިބޭ އެކްޓަރަކީ ޝާހްރުކް ޚާނެވެ. އެއީ 3 ކްރޯޑް ރުޕީސް (407,470 ޑޮލަރު) އެވެ. ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ނަގަނީ ކެޓްރީނާ ކައިފެވެ. އެއީ ޝާހްރުކަށް ވުރެ ވެސް ބޮޑު އަގެކެވެ.
އެންމެ ގިނަ ހިޓް އަދި ފޯރިގަދަ ނެށުންތައް ހިމެނޭ ލަވަތައް ނިސްބަތްވާ ކެޓްރީނާގެ ފީ އަކީ 3.5 ކްރޯޑް ރުޕީސް (475,352 ޑޮލަރު) އެވެ.
އެކްޓަރު ރަންވީރު ސިންގް އާއި އަންހެނުން ބަތަލާ ދީޕިކާ ޕަދްކޯން ކައިވެނި ހަފުލާތަކުގައި ޕަފޯމްކޮށްދޭ އަގުތަކަށް ބަލާ އިރު ދެ ތަރިންގެ އަގަކީ ވެސް 1 ކްރޯޑް ރުޕީސް (135,815 ޑޮލަރު) އެވެ.
ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރެއިން އަކްޝޭ ކުމާރު ފީއެއްގެ ގޮތުގައި 2.5 ކްރޯޑް (339,602 ޑޮލަރު) ނަގާ އިރު، ސަލްމާން ޚާންގެ ފީ އަކީ 2 ކްރޯޑް ރުޕީސް (271,682 ޑޮލަރު) އެވެ. އަދި ރިތިކް ރޯޝަންގެ ފީ އަކީ ވެސް 2.5 ކްރޯޑް (339,602 ޑޮލަރު) އެވެ.
އިތުރު ތަރިންނަށް ބަލާއިރު، ރަންބީރް ކަޕޫރްގެ ފީ އަކީ 2 ކްރޯޑް (271,682 ޑޮލަރު) އެވެ.. އަދި ކުރިން ޕްރިޔަންކާ ޗޯޕްރާ ވެސް ޕްރައިވެޓް ކައިވެނި ޕާޓީތަކުގައި ފަފޯމްކޮށްދިން އިރު ފީއަކަށް ނަގަނީ 2.5 ކްރޯޑް ރުޕީސް ((339,602 ޑޮލަރު) އެވެ.
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
އިޝްތިހާރުތަކުން ބޮޑު އާމްދަނީއެއް ވިރާޓާއި ދީޕިކާ އަށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ކެޓްރީނާ އާއި ވިކީގެ ލޯބީގެ ވާހަކަ ގަދަވަނީ
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
"ދޫމް 4" އަށް އަކްޝޭ ކުމާރު؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ