Roadha Mihaaru
ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް

ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް

17 ނޮވެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އަންނަ މަހު އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރާ އިރު، ކުރިން އޭނާ ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު ސަލްމާން ޚާނަށް އެ ހަފުލާއަށް ދައުވަތު ނުދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އަންނަ މަހު އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރާ އިރު، ކުރިން އޭނާ ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު ސަލްމާން ޚާނަށް އެ ހަފުލާއަށް ދައުވަތު ނުދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މިހާރު ބުނާ ގޮތުން އަންނަ މަހުގެ 1-7 އަށް ރާޖަސްތާންގެ ސަވާއީ މަދޯޕޫރްގެ ސިކްސް ސެންސެސް ފޯޓް ބަރްވާރާ ރިސޯޓްގައި ބާއްވާ ކައިވެނީގެ ހަފުލާއަށް ފިލްމު އިންޑަސްޓްރީން ދައުވަތު ދޭން ނިންމާފައިވާ މީހުންގެ ލިސްޓްގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު ކަބީރް ޚާނާއި އަންހެނުން މިނީ މާތޫރާއި ވަރުން ދަވަނާއި އަންހެނުން ނަތާޝާ ދަލާލާއި ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އާއި ކަރަން ޖޯހަރާ އަލީ އައްބާސް ޒަފަރާއި އަނުޝްކާ ޝަރުމާ އާއި ފިރިމީހާ ވިރާޓް ކޯލީ އާއި ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގްގެ އިތުރުން ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ.

މީޑިއާތަކުން ބުނީ ސަލްމާންގެ އިތުރުން އެ އާއިލާގެ އެއްވެސް މީހަކަށް ކައިވެނީގެ ހަފުލާ އަށް ދައުވަތު ނުފޮނުވާނެ ކަމަށެވެ. ސަބަބަކީ ސަލްމާނާއި އާއިލާ ވެސް ހަފުލާ އަށް ނުދާނެކަން ކަށަވަރު ވުމެވެ. ސަބަބަކީ ކެޓްރީނާ އަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔަކަށް ވެފައި، އޭނާ އެހެން މީހަކާ ކައިވެނި ކުރާތަން ބަލަން އާއިލާ އަށް ފަސޭހަ ކަމަކަށް ނުވުމެވެ.

މިހާތަނަށް ހުސްހަށިބަޔަށް ހުރި ސަލްމާން، 55، އާ ރައްޓެހިވެގެން އުޅެފައި، ވަކިވުމަށްފަހު ރަންބީރް ކަޕޫރް، 39، އާ ވެސް ކެޓްރީނާ، 38، ރައްޓެހިވި އެވެ. އެ މައްސަލާގައި ވެސް ސަލްމާންގެ އާއިލާ އިން ކެޓްރީނާއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވެ އެވެ. އެކަމަކު އަބަދުވެސް ސަލްމާންގެ ހިތުގައި ކެޓްރީނާ އަށް ހާއްސަ މަގާމެއް އޮވެ އެވެ. ދެ ތަރިންގެ ލޯބީގެ ގުޅުން ކެނޑުނަސް އެކީގައި މިހާރު ވެސް ފިލްމުތައް ކުޅުމަކީ އޭގެ ހެއްކެކެވެ. ކައިވެންޏަށް ތައްޔާރުވާ އިރު ވެސް ކެޓްރީނާ މަސައްކަތް ފަށާފައި އޮތީ ސަލްމާނާ އެކު ކުޅޭ ފިލްމެކެވެ. އެއީ ދެ ތަރިންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ.

ކައިވެނީގެ ތައްޔާރީތަކާ ދިމާކޮށް އެ ފިލްމުގެ ޝޫޓިން މި ވަގުތަށް އޮތީ މެދުކަނޑާލާފައި ކަމަށް މީޑިއާތަކުން ބުނެ އެވެ.