އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ގެ ޓްރެއިކާ ދައްކާލައިފި އެވެ.
28 އޮކްޓޯބަރ 2021
އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ގެ ޓްރެއިކާ ދައްކާލައިފި އެވެ.
މި ފިލްމަކީ ސުނިލްގެ ގާތް އެކުވެރިން ކަމަށްވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. އަންނަ ޑިސެމްބަރު މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. މިއީ ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ރިމޭކުން އަހާން ބޮލީވުޑަށް ނެރޭ އިރު "ތަޅަޕް" ގެ ބަތަލާ އަކީ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތާރާ ސުތާރިއާ އެވެ. މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ރިލީޒްވާ ތިން ވަނަ ފިލްމެވެ. ތާރާ، 25، ގެ ދެވަނަ ފިލްމަކީ 2019 ގެ "މަރުޖާވާ" އެވެ.
A rage like no other ? Witness the Incredible Love Story ❤️?#SajidNadiadwala's #TadapTrailer OUT NOW! https://t.co/j9SSqsoM6P #FoxStarStudios #AhanShetty @TaraSutaria @MilanLuthria @rajatsaroraa @ipritamofficial @foxstarhindi @WardaNadiadwala @TSeries #Tadap
— Nadiadwala Grandson (@NGEMovies) October 27, 2021
އޭނާ މިހާރު އަންނަނީ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" އާއި އަރުޖުން ކަޕޫރާއި ޖޯން އަބްރަހަމްގެ "އޭކް ވިލަން ރިޓާންސް" ގައި ވެސް މަސައްކަތް ކުރަމުންނެވެ.
"ތަޅަޕް" އިން އަހާން، 25، ފިލްމީ ދުނިޔެ އަށް ދޫކޮށްލާ އިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ، 28، ބޮލީވުޑަށް ނެރުނީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އެވެ. އޭގެ ފަހުން އޭނާ ކުޅުނީ ދެ ފިލްމެކެވެ. އެއީ 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އާއި 2016 ގެ "މުބާރަކަން" އެވެ.
ބެލުންތެރިން އާތިޔާ ބަލައިގެންފައި ނުވާ އިރު އޭނާ އަށް ފަހަކުން ކުޅޭނެ ފިލްމެއް ވެސް ނުލިބެ އެވެ.
އަހާންގެ ކެރިއަރު ޓައިގާ ވެސް ދާ މަގުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
އަލަތު ފިލްމާ އެކު ދަރިފުޅަށް ސުނިލްގެ ނަސޭހަތެއް
އަޝުތޯޝް އާއި ފަރުހާންގެ "ޕުކާރް" އަށް ރަކުލް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަހަންނަކީ ކާމިޔާބު އެކްޓަރެއް ނޫން: ސުނިލް
އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ސިއްރެއް ނޫން
ސުނިލް ޝެޓީގެ ދަރިފުޅުގެ ފިލްމު ނިންމާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި