30 ޑިސެމްބަރ 2021
މި މަހުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވި އަހާން ޝެޓީގެ ފިލްމީ ކެރިއަރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ބައްޓަންކުރަން ބޭނުން ވަނީ ޓައިގާ ޝްރޮފް ވެސް ދާ މަގުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި މަހުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވި އަހާން ޝެޓީގެ ފިލްމީ ކެރިއަރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ބައްޓަންކުރަން ބޭނުން ވަނީ ޓައިގާ ޝްރޮފް ވެސް ދާ މަގުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސުނިލް ޝެޓީގެ ދަރިފުޅު އެކްޝަން-ރޮމޭންސް ހީރޯއެއްގެ ގޮތުގައި "ތަޅަޕް" އިން ޕްރެޒެންޓްކޮށް ދިނުމަށް ފަހު އަހާން ސޮއިކުރާ ދެވަނަ ފިލްމަކީ ވެސް ސާޖިދު ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކަމަކު އެ ފިލްމާ ބެހޭ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ބޮލީވުޑަށް ނެރުނީ އެކްޝަން ރޮމޭންސް ހީރޯއެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން ޓައިގާ މަޝްހޫރުވެފައި ވަނީ ލޯބީގެ ރޯލުތަކާ އެކު ވަރުގަދަ އެކްޝަން ކެރެކްޓާރައް ކުޅޭ ބަތަލެއްގެ ގޮތުގަ އެވެ. އޭގެ ހެއްކަކަށް "ބާގީ" ފްރެންޗައިޒް ވެސް ފުދޭނެ އެވެ. އެ ސީރީޒްގެ ތިން ފިލްމުގައި 31 އަހަރުގެ އެކްޓަރު ކުޅުނު ވަރުގަދަ އެކްޝަން ރޯލާ އެކު، ވެފައި ވަނީ މިހާރު ބޮލީވުޑްގެ އެންމެ ވަރުގަދަ ޒުވާން އެކްޝަން ހީރޯއަށެވެ. އަދި އަންނަ އަހަރު ރިލީޒްކުރާ ސާޖިދުގެ "ހީރޯޕަންތީ 2" އަކީ ވެސް ޓައިގާގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ ފިލްމެކެވެ.
އަހާން، 25، ގެ ފިލްމީ ކެރިއަރު ވެސް މި މަގުން ކުރިއަށް ގެންދަން ސާޖިދު ބޭނުންވާ އިރު، "ތަޅަޕް" ވެފައި ވަނީ އާ އެކްޓަރެއްގެ ފިލްމަކާ ބަލާފައި ވަރަށް ކާމިޔާބު ފިލްމަކަށެވެ. އަހާންގެ ބައްޕަ ސުނިލް ވެސް ބޮލީވުޑްގައި މަޝްހޫރުކަން ހޯދީ އެކްޝަން ރޮމޭންސް ހީރޯއެއްގެ ގޮތުގަ އެވެ.
އަހާން އާއި ތާރާ ސުތާރިއާ ލީޑް ރޯލު ކުޅުނު "ތަޅަޕް" އަކީ މި މަހުގެ 3 ގައި ރިލީޒްކުރި ފިލްމެކެވެ. އަދި މީގައި އަހާން ދެއްކި އެކްޓިން ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
އަލަތު ފިލްމާ އެކު ދަރިފުޅަށް ސުނިލްގެ ނަސޭހަތެއް
ވިނޯދަށް ނަވާޒުއްދީންގެ ޓްރިބިއުޓެއް
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި
ކާމިޔާބު "ވޯ" އަށް ރިތިކް ފުރަތަމަ ބުނީ ނޫނެކޭ
ޓައިގާގެ "ގަނަޕަތު" ގައި 2090 ގެ ވާހަކައެއް
"ގަނަޕަތު" ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ: ޓައިގާ
ޓައިގާގެ ފެވަރިޓަކީ ޑިޝާއެއް ނޫން، މަދޫރީ
"ހީރޯޕަންތީ 2" އަށް ހޮލީވުޑްގެ ސްޓަންޓް ޑައިރެކްޓަރެއް
އަހަންނަކީ ކާމިޔާބު އެކްޓަރެއް ނޫން: ސުނިލް