01 ސެޕްޓެމްބަރ 2021
ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ޓައިގާ ޝްރޮފްގެ އާ ފިލްމު "ގަނަޕަތު" ގައި ކިޔައިދޭނީ 2090 ގެ ވާހަަކައެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ޓައިގާ ޝްރޮފްގެ އާ ފިލްމު "ގަނަޕަތު" ގައި ކިޔައިދޭނީ 2090 ގެ ވާހަަކައެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ، ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ކަންގަނާ ރަނާވަތުގެ "ކްއީން" ގެ ޑައިރެކްޓަރު ވިކާސް ބާލް ދެ ބަޔަކަށް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
އޭނާގެ ޓީމްގެ ބަޔަކާ ހަވާލާދީ ބޮޑު ހަންގާމާ އިން ބުނި ގޮތުގައި "ގަނަޕަތު" އެންމެ ހާއްސަ އެއް ކަމަކަށްވާނީ މުސްތަގުބަލުގައި ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވުރެ ގެނެސްދިނުމެވެ. މިއީ ވަރުގަދަ އެކްޝަންތަކެއް ވެސް ހިމެނޭ އަދި ހަނގުރާމަތަކުގެ ސަބަބުން ދުނިޔެ އަށް ޖެހިފައިވާ ހާލު ދައްކުވައިދޭނެ ފިލްމެކެވެ.
ކުރިއަށް އޮތް ތަނުގައި ހިނގައިފާނެ ކަމަށް ބެލެވޭ ހާދިސާތަކެއް ފިލްމުގައި ކިޔައިދޭ އިރު މި ފިލްމަކީ ގިނަ އަދަދެއްގެ ވީއެފްއެކްސް ވެސް ހިމެނޭނެ ފިލްމެކެވެ. އެހެންވެ "ގަނަޕަތު" އަކީ ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދާނެ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ މިދިޔަ މަހުގެ 27 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ވެސް ޕްރޮޑިއުސްކުރި ވާޝޫ ބަގްނާނީ އާއި ދަރިފުޅު ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުންނެވެ.
އިނގިރޭސިވިލާތުގައި ވަރަށް ބޮޑު ބައި ޝޫޓްކުރަން ހަމަޖެހިފައިވާ "ގަނަޕަތު" ގެ ބަތަލާ އަކީ ޓައިގާގެ ފުރަތަމަ ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ބަތަލާ ކްރިތީ ސެނަން އެވެ.
"ގަނަޕަތު" ގެ ފުރަތަމަ ބައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ގަ އެވެ. މި ފިލްމަކީ ޓައިގާ އާއި ކްރިތީ ވެސް ވިކާސްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
އޭނާ މިހާރު އަންނަނީ އަމީތާބް ބައްޗަނާ އެކު "ގުޑްބާއި" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަހާންގެ ކެރިއަރު ޓައިގާ ވެސް ދާ މަގުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ވިނޯދަށް ނަވާޒުއްދީންގެ ޓްރިބިއުޓެއް
ކާމިޔާބު "ވޯ" އަށް ރިތިކް ފުރަތަމަ ބުނީ ނޫނެކޭ
"ގަނަޕަތު" ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ: ޓައިގާ
ޓައިގާގެ ފެވަރިޓަކީ ޑިޝާއެއް ނޫން، މަދޫރީ
"ހީރޯޕަންތީ 2" އަށް ހޮލީވުޑްގެ ސްޓަންޓް ޑައިރެކްޓަރެއް
"ރާމްބޯ" އިން ނުފެންނާނެ ވާހަކަ ޓައިގާ ދޮގުކޮށްފި
"ވޯ" ގެ ސީކްއެލްގެ ވިލަންއަކަށް ޕްރަބާސް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް