06 އެޕްރީލް 2021
ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ސޮއިކޮށްފައި އޮތް ހޮލީވުޑް ފިލްމު "ރާމްބޯ"ގެ ހިންދީ ރިމޭކުން ނުފެންނާނެ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ސޮއިކޮށްފައި އޮތް ހޮލީވުޑް ފިލްމު "ރާމްބޯ"ގެ ހިންދީ ރިމޭކުން ނުފެންނާނެ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ސްޕޮޓްބޯއި އަށް ދިން އިންޓަވިއުއެއްގައި ވަރުގަދަ އެކްޝަން ތަރި ބުނީ އެއީ ކޮން ތާކުން، ކާކު ތިލަކޮށްގެން އުޅޭ ވާހަކައެއްކަން ނޭނގޭ ކަމަށެވެ. އަދި "ރާމްބޯ" އިން ނުފެންނާނެ ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރާއި އަންނަ އަހަރު ވެސް ޓައިގާ މަސައްކަތުގެ ޝެޑިއުލް ވަރަށް ތާށިކޮށް އޮތުމުން ވަގުތުދޭން ދަތިވާތީ އޭނާގެ ބަދަލުގައި "ރާމްބޯ"ގެ ރިމޭކް "ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް އަށް ހުށަހަޅާފައިވެ އެވެ.
"ރާމްބޯ" އަކީ ސިދާތު އާނަންދު ޑައިރެކްޓްކުރާ ގޮތަށް 2017 ގައި އިއުލާންކުރި ފިލްމެކެވެ. އޭރު ފިލްމު އިއުލާންކުރީ 2018 ގައި ރިލީޒްކުރާ ގޮތަށެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި އޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް އޮތީ ނުފެށި އެވެ. "ރާމްބޯ" ވާނުވާގައި އޮތް ނަމަވެސް ޓައިގާ އަކީ ސިދާތު 2019 ގައި ރިތިކް ރޯޝަނާ އެކު އެކު ގެނެސްދިން "ވޯ" ގެ ކާސްޓްގައި ހިމެނުނު ތަރިއެކެވެ. އަދި އެ ފިލްމުގެ ސީކްއެލް އިން ވެސް ރިތިކާއި ޓައިގާ ފެންނާނެ އެވެ.
"ރާމްބޯ" ޕްރަބާސް އަށް ހުށަހެޅިކަމަށް އަޑުއެރީ ސިދާތުގެ ފިލްމަކަށް އޭނާ ގެންނަން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން މީގެ ދުވަސްތަކެއް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭނާ ވެސް މި ވަގުތު ވަރަށް ބިޒީ އެވެ. ޕްރަބާސްގެ "ރާދޭ ޝާމް" ރިލީޒްކުރަން ތައްޔާރީތައް ވަމުން އަންނަ އިރު އޭނާ އަންނަނީ "އާދިޕުރުޝް" އާއި "ސަލާރު" ގެ މަސައްކަތްކުރަމުންނެވެ. އަދި ނަން އިއުލާންނުކުރާ ފިލްމެއްގައި ދީޕިކާ ޕަދްކޯނާއި އަމީތާބް ބައްޗަންއާ އެކު ޕްރަބާސްގެ ފެންނާނެ އެވެ.
ޓައިގާ މި ވަގުތު އަންނަނީ "ހީރޯޕަންތީ" ގެ ތައްޔާރީތައް ވަމުންނެވެ. އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންޕަތު" ގެ ދެ ފިލްމާއި "ބާގީ 4" ހިމެނެ އެވެ.
ސިދާތު މި ވަގުތު ޝާހްރުކް ޚާންގެ "ޕަތާން" ގެ މަސައްކަތްކުރަމުން އަންނަ އިރު އެ ފިލްމަށް ފަހު އޭނާ ހަދަން އޮތް ފިލްމަކީ ރިތިކާއި ދީޕިކާ ކުޅޭ "ފައިޓާ" އެވެ.
ބެލެވޭ ގޮތުން "ރާމްބޯ" ގެ މަސައްކަތް އެންމެ އަވަހަށް ވެސް ފެށޭނެ ކަމަށް ބެލެވެނީ 2023 ގަ އެވެ.
"ވޯ" ގެ ސީކްއެލްގެ ވިލަންއަކަށް ޕްރަބާސް؟
އަހާންގެ ކެރިއަރު ޓައިގާ ވެސް ދާ މަގުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ވިނޯދަށް ނަވާޒުއްދީންގެ ޓްރިބިއުޓެއް
"އާރްއާރްއާރް" ގެ ޓީޒާއަކުން ފިލްމުގެ ވަރުގަދަ ކަން
ކާމިޔާބު "ވޯ" އަށް ރިތިކް ފުރަތަމަ ބުނީ ނޫނެކޭ
ޓައިގާގެ "ގަނަޕަތު" ގައި 2090 ގެ ވާހަކައެއް
"ގަނަޕަތު" ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ: ޓައިގާ
ޓައިގާގެ ފެވަރިޓަކީ ޑިޝާއެއް ނޫން، މަދޫރީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް