27 އެޕްރީލް 2021
އެއް ދުވަސްވަރެއްގައި ފިލްމީ ދާއިރާ އަށް ނުކުތް ބައެއް ތަރިންގެ ކެރިއަރުގައި ހޯދި ކުރިއެރުމަށް ބަލައިފި ނަމަ ކާމިޔާބު އެކްޓަރެއްގެ ގޮތުގައި އަމިއްލަ އަށް ސިފަނުކުރާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.
އެއް ދުވަސްވަރެއްގައި ފިލްމީ ދާއިރާ އަށް ނުކުތް ބައެއް ތަރިންގެ ކެރިއަރުގައި ހޯދި ކުރިއެރުމަށް ބަލައިފި ނަމަ ކާމިޔާބު އެކްޓަރެއްގެ ގޮތުގައި އަމިއްލަ އަށް ސިފަނުކުރާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އަދި މިފަހުން އެއްވެސް ވަރަކަށް ލީޑް ރޯލަކުން ނުފެންނަ 59 އަހަރުގެ އެކްޓަރު ފިލްމީ ދާއިރާ އަށް ނުކުތީ 90ގެ ކުރީކޮޅު އަކްޝޭ ކުމާރާއި އަޖޭ ދޭވްގަން ފަދަ ތަރިންނާ އެކު އެކީގަ އެވެ. އެ ތަރިން އަދިވެސް ލީޑް އެކްޓަރުންގެ ގޮތުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ އިރު ސުނިލް މިހާރު ހުރީ ހަވާސާގަ އެވެ.
އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކެރިއަރު ކާމިޔާބު ކަމަށް ނުދެކުނަސް ހިތްހަމަޖެހޭ ކަމަކީ އެއް އިރެއްގައި ވެސް ވަކި ކަހަލަ ރޯލުތަކެއް ކުޅޭ އެކްޓަރެއްގެ ގޮތުގައި ލޭބަލް ނުވުމެވެ.
ކެރިއަރުގެ އެންމެ ކުރީކޮޅު ސުނިލް ގިނައިން ކުޅެފައި ވަނީ ސީރިއަސް އެކްޝަން ރޯލުތައް ނަމަވެސް ފަހުން އޭނާ ވަނީ ކޮމެޑީ އާއި ލޯބީގެ ރޯލްތައް ވެސް ކުޅެގެން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ. ސުނިލްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ލޯބީގެ ފިލްމަކީ "ދަޅުކަން" އެވެ. އަދި ކޮމެޑީ ފިލްމުތަކުގެ ތެރެއިން "ހީރާ ޕޭރީ" ސީރީޒަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމުތަކެކެވެ.
ސުނިލް ބުނި ގޮތުގައި އޭނާގެ ކެރިއަރު މާ ކާމިޔާބުނުވީ ފިލްމު ކުޅުމުގައި ގެންގުޅުނު ބައެއް އުސޫލުތަކާ ހެދި ކަމަށް ވެދާނެ އެވެ. އެގޮތުން އެއްވެސް އިރެއްގައި ވަކި ބަޔަކަށް ފޭވަކޮށްގެން ފިލްމުތައް ނުކުޅޭ ކަމަށާއި އެހެންވެ އޭނާ އަކީ އެއް އިރެއްގައި ވެސް ވަކި ކޭމްޕަކަށް ނިސްބަތްވި މީހެއް ނޫން ކަމަށް ބުންޏެވެ.
"ކޮންމެ މީހަކީ ވެސް އެމީހެއްގެ އަމިއްލަ ބުރަ މަސައްކަތުން ކާމިޔާބު ހޯދާނެ މީހެއް. އަހަރެން ސެލިއުޓްކުރަން އަކްޝޭ އާއި އަޖޭ ދޭވްގަން ކެރިއަރު ބައްޓަންކުރި ގޮތާ ދޭތެރޭ. އެ ދެ މީހުންނަކީ މިސާލެއް ނެތް ފަދަ ކާމިޔާބު ދެ ތަރިން." 1992 ގެ "ބަލްވާން" އިން ބޮލީވުޑަށް ނުކުތް ސުނިލް ބުންޏެވެ.
"އަހަރެން ކާމިޔާބު އެކްޓަރަކަށް ނުވީ ކެރިއަރުގައި ހެދިފައި ހުރި މިސްޓޭކްތަކުން ކަމަށް ވެދާނެ. އުންމީދަކީ އެ ތަޖުރިނާގެ އަލީގެ ދަރިފުޅު [އަހާން ޝެޓީ] ކުރިއަށް ދާނެ ކަމަށް." ސުނިލް ޝެޓީ
ސުނިލް ބުނި ގޮތުގައި މިހާރު ޕްރޮޑިއުސަރަކު މަދުވެގެން އެންމެ 50 ކްރޯޑް ރުޕީސް އޭނާގެ ފިލްމަކަށް ހަރަދެއް ނުކުރާނެ އެވެ. އަދި އެވަރުގެ މާކެޓް ވެލިއުއެއް ވެސް އޭނާގެ އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ބުންޏެވެ.
"އެކަމަކު މިހާރު ވެސް ޕްރޮޑިއުސަރުން ޖެހިލުމެއް ނުވާނެ އަކްޝޭ ނޫނީ އަޖޭއާ އެކު ފަސްސަތޭކަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ފިލްމެއް ހަދާކަށް ވެސް،" ސުނިލް ބުންޏެވެ. "އަހަރެން ކާމިޔާބު އެކްޓަރަކަށް ނުވީ ކެރިއަރުގައި ހެދިފައި ހުރި މިސްޓޭކްތަކުން ކަމަށް ވެދާނެ. އުންމީދަކީ އެ ތަޖުރިނާގެ އަލީގެ ދަރިފުޅު [އަހާން ޝެޓީ] ކުރިއަށް ދާނެ ކަމަށް."
އޭނާ ބުނި ގޮތުގައި މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންނަށް ބަލާ އިރު، ޓައިގާ ޝްރޮފާއި އަޔޫޝްމަން ކްރާނާ އަކީ މުސްތަގުބަލު ވަރަށް އުޖާލާ އަލިގަދަ ދެ ތަރިންނެވެ.
"އަހަރެން ވަރަށް ފާހަގަކުރަން އެ ދެ މީހުންގެ މަސައްކަތްތައް. ވަރަށް މޮޅު ދެ ތަރިން އެއީ." ސުނިލް ބުންޏެވެ.
އޭނާގެ ފިރިހެން ދަރިފުޅު އަހާންގެ އަލަތު ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރަށް ތާވަލުކޮށްފައި އޮތް "ތަޅަޕް" އެވެ. ސުނިލްގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ބޮލީވުޑަށް ނުކުތީ 2015 ގެ "ހީރޯ" އިންނެވެ. އެކަމަކު އޭނާ އަކީ ފުރުސަތެއް ލިބޭ ބަތަލާއެއް ނޫނެވެ. މިހާތަނަށް ކުޅުނީ އެންމެ ތިން ފިލްމެވެ.
ސުނިލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތަޅަޕް" އާއި މަލަޔާޅަމް ފިލްމު "މަރަކައްރު: ލަޔަން އޮފް ދި އެރޭބިއަން ސީ" އަދި ތެލެގޫ ފިލްމު "ޢަނީ" ހިމެނެ އެވެ.
ސުނިލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "މުމްބާއީ ސާގާ" އިންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
އަހާންގެ ކެރިއަރު ޓައިގާ ވެސް ދާ މަގުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި
"ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް