އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ގެ ޝޫޓިން ބުދަ ދުވަހު ނިންމާލައިފި އެވެ.
13 މާޗް 2021
އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ގެ ޝޫޓިން ބުދަ ދުވަހު ނިންމާލައިފި އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރާ ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އިން ބުނީ "ތަޅަޕް" އަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި މިއީ ވަރަށް ޖަޒުބާތީ މަސައްކަތެއް ކަމަށެވެ. އެގޮތަށް ފާހަގަކޮށްފައި ވަނީ އަހާންގެ ބައްޕަ ސުނިލް އަކީ ސާޖިދުގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހަކަށް ވާތީ އެވެ. ސާޖިދު ޕްރޮޑިއުސްކުރި ފިލްމުތަކެއް ސުނިލް ވެސް ކުޅެފައިވެ އެވެ.
ނަދިއަދުވާލާ ގްރޭންޑްސަން އިން ބުނީ "ތަޅަޕް" ވާނީ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމަކަށް ކަމަށެވެ. މި ފިލްމަކީ 2018 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "އާރްއެކްސް 100" އަސްލަކަށް ބަލައިގެން މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ އަކީ "ދަ ޑާޓީ ޕިކްޗާ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އަދި "ބާދުޝާހޯ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި "ތަޅަޕް" ގެ މަސައްކަތް ނިންމައިލި އިރު މި މަހުގެ ކުރީކޮޅު ވަނީ ފިލްމު ރިލީޒްކުރާ ތާރީހާކު ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ. ސެޕްޓެމްބަރު މަހުގެ 24 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގައި މިހާރު ފިޔަޖަހަން ފަށާފައިވާ ތާރާ ސުތާރިއާ އެވެ. އޭނާ އަކީ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާއެކެވެ.
"ތަޅަޕް" ގެ ކާސްޓްގައި ސިކަންދަރް ކޭރް، އަމިތު ސާދު، ސޯރަބް ޝުކްލާ، ކުމުދު މިޝްރާ، ސުމިތު ގުލާޓީގެ އިތުރުން ސުނިލް ވެސް ހިމެނެ އެވެ.
ރަޖަތު އަރޯރާ ސްކްރީންޕްލޭ ލިޔުނު ފިލްމުގެ މިއުޒިކް ހެދީ ޕްރިތަމް އެވެ.
ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަނީ "ތަޅަޕް" ގެ ޓީޒާ/ޓްރެއިލާ ނެރޭނެ އިރަކަށެވެ.
ސުނިލްގެ ފިރިހެން ދަރިފުޅު އަހާން ބޮލީވުޑަށް މި އަހަރު ނެރޭ އިރު، އޭނާގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ބޮލީވުޑަށް ނުކުތީ 2015 ގެ "ހީރޯ" އިންނެވެ.
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަހަންނަކީ ކާމިޔާބު އެކްޓަރެއް ނޫން: ސުނިލް
އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ސިއްރެއް ނޫން
އަހާން އަށް ރާކޭޝްގެ ވަރަށް ހާއްސަ ފޯން ކޯލެއް!
12 އަހަރު ފަހުން ސަންޖޭ އާއި ސުނިލް އެކީގައި
އަހާންގެ ކެރިއަރު ޓައިގާ ވެސް ދާ މަގުން
އަހާންގެ "ތަޅަޕް" އުންމީދުކުރި ވަރަށް ވުރެ ކާމިޔާބު
އަލަތު ފިލްމާ އެކު ދަރިފުޅަށް ސުނިލްގެ ނަސޭހަތެއް
ރޯހިތުގެ ފިލްމެެއްގެ އުންމީދުގައި އަހާން