14 ޑިސެމްބަރ 2021
ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނުކުތް ފިލްމު "ތަޅަޕް" އުންމީދުކުރި ވަރަށް ވުރެ ކާމިޔާބު ފިލްމަކަށް ވުމާ ގުޅިގެން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އެކަން ފާހަގަކޮށްފި އެވެ.
ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނުކުތް ފިލްމު "ތަޅަޕް" އުންމީދުކުރި ވަރަށް ވުރެ ކާމިޔާބު ފިލްމަކަށް ވުމާ ގުޅިގެން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އެކަން ފާހަގަކޮށްފި އެވެ.
މި މަހުގެ 3 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި ލިބެމިން އަންނަނީ ތަރުހީބާ ގުޅިގެން އެކަން ފާހަގަ ކުރަން އޭނާގެ ގޭގައި އާދީއްތަ ދުވަހު ވަނީ ހާއްސަ ޕާޓީއެއް ބާއްވައިފަ އެވެ. އޭގައި ފިލްމުގެ ޓީމްގެ މެމްބަރުން ބައިވެރިވެ، ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި އެވެ.
ކްރިޓިކުން ވެސް ފާހަގަ ކޮށްފައިވާ ގޮތަށް އަހާން ވަނީ ފުރަތަމަ ފިލްމުގައި މޮޅު އެކްޓިންއެއް ދައްކައިފަ އެވެ. އަދި "ތަޅަޕް" ބެލުންތެރިންނަށް ކަމުދާ ފިލްމަކަށް ވުމުގެ މައިގަނޑު ސަބަބަކީ ވެސް އަހާން އާއި ފިލްމުގެ ބަތަލާ ތާރާ ސުތާރިއާގެ އެކްޓިން އާއި ކެމިސްޓްރީ ކަމުދިއުމެވެ.
މި ފިލްމަކީ 2018 ގައި ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "އާރްއެކްސް 100" އަސްލަކަށް ބަލައިގެން މިލަން ލުތުރިއާ ޑައިރެކްޓްކުރި އެެއްޗެވެ. ދަރިފުޅުގެ ފިލްމުގައި ސުނިލް ވެސް ރޯލެއް ކުޅުނު ފިލްމަކީ ވައިލަންޓް ލަވް ސްޓޯރީއެކެވެ.
ބައެއް ކްރިޓިކުން ފާހަގަ ކޮށްފައިވާ ގޮތުގައި "ތަޅަޕް" ގައި އަހާން، 25، ދެއްކި ހުނަރަށް ބަލާ އިރު އޭނާ އަކީ ކުރިއަށް އޮތް ބޮލީވުޑްގެ ގިނަ އެވޯޑްތަކުގައި އެންމެ މޮޅު އާ އެކްޓަރުގެ މަގާމު ހޯދާނެ ވަރަށް އުންމީދީ އެކްޓަރެކެވެ. ބައްޕަ ސުނިލް ވެސް ބުނެފައިވާ ގޮތުގައި އޭނާ މީގެ 30 އަހަރު ކުރިން އިންޑަސްޓްރީ އަށް ނުކުތް ފިލްމު 1991 ގެ "ބަލްވާން" ގައި ކުރި މަސައްކަތާ އަޅާބަލާ އިރު "ތަޅަޕް" އަހާން ކޮށްފައި ހުރި މަސައްކަތް 25 ގުނަ ރަނގަޅެވެ.
މި ފިލްމުގެ ކާމިޔާބީ އޭގެ ޕްރޮޑަކްޝަން ހައުސް، ސާޖިދުގެ ނަދިއަދުވާލާ ގްރޭންޑްސަން އިން ފާހަގަކޮށްފައިވާ އިރު، ބޮކްސް އޮފީހުގައި ފިލްމަށް މިހާތަނަށް 27.47 ކްރޯޑް ރުޕީސް (3.63 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
ޖޯން ބޭނުން ވަނީ ސަލްމާނާ "ތަޅާފޮޅަން"
އަހާން އަށް ރާކޭޝްގެ ވަރަށް ހާއްސަ ފޯން ކޯލެއް!
12 އަހަރު ފަހުން ސަންޖޭ އާއި ސުނިލް އެކީގައި
އަހާންގެ ކެރިއަރު ޓައިގާ ވެސް ދާ މަގުން
"ޗަންދީގަޅް ކަރޭ އާޝިގީ" ވަރަށް ކަމުގޮސްފި
އަލަތު ފިލްމާ އެކު ދަރިފުޅަށް ސުނިލްގެ ނަސޭހަތެއް
ރޯހިތުގެ ފިލްމެެއްގެ އުންމީދުގައި އަހާން
އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ކަށަވަރު
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި
އާލިއާ އާއި އަޖޭ ޖެނުއަރީގައި ކުރިމަތިލުމަކަށް