19 ނޮވެމްބަރ 2021
މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ފުރަތަމަ ފަހަރަށް އެކްޝަން ފްރެންޗައިޒަކަށް ތައްޔާރުވެ، އޭގެ ފުރަތަމަ ބައި އިއުލާންކޮށްފި އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ފުރަތަމަ ފަހަރަށް އެކްޝަން ފްރެންޗައިޒަކަށް ތައްޔާރުވެ، އޭގެ ފުރަތަމަ ބައި އިއުލާންކޮށްފި އެވެ.
ދިގު ދެމިގެންދާ ފިލްމި ސީރީޒެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ފިލްމުގެ ފުރަތަމަ ބައިގެ ތައްޔާރީތައް މިހާރުވަމުން އަންނަ އިރު، މީގެ ލީޑް އެކްޓަރަކަށް ހަމަޖައްސާފައި ވަނީ އެންމެ ފަހުން ދަރުމާ އިން ގެނެސްދިން ފިލްމު "ޝޭރްޝާ" ގެ ބަތަލު ސިދާތު މަލްއުތުރާ އެވެ. އޭނާ އަކީ ކަރަންގެ 2012 ގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރުނު ތަރިއެކެވެ.
ދަރުމާ އިން ސިދާތާ އެކު ހަދަން ނިންމާފައިވާ އެކްޝަން ފްރެންޗައިޒްގެ ފުރަތަމަ ބަޔަކީ ކުރިން ޝާހިދު ކަޕޫރަށް ހުށަހެޅި "ޔޯދާ" އެވެ. ސިދާތާ އެކު ފިލްމުގެ ޕޯސްޓަރާއި ޓީޒާއެއް ވެސް ދައްކައިލީ ހަމަ އެ ނަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މީގެ ޝާހިދަށް "ޔޯދާ" ހުށަހެޅި އިރު ވެސް ބަތަލާއަކަށް ނެގި ޑިޝާ ޕަޓާނީ އެވެ. އަދި ކާސްޓްގައި އިންޑިއާގެ ދެކުނުގެ ބަތަލާ ރާޝީ ކަންނާ ވެސް ހިމެނެ އެވެ. އޭނާ އަކީ ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒް "ފޭކްސް" ގެ ބަތަލާ އެވެ.
"ޔޯދާ" އިއުލާންކޮށް ދަރުމާ އިން ބުނީ ފިލްމުގެ ބަތަލާއިންނަކީ ކޮބައިކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަަށެވެ. ދެ ޑައިރެކްޓަރުން ކަމަށްވާ ސާގަރު އަމްބްރީ އާއި ޕުޝްކާރް އޯޖާ ޑައިރެކްޓްކުރާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގަ އެވެ.
ސިދާތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިޝަން މަޖުނޫ" އާއި "ތޭންކް ގޯޑް" ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެމެޒޯން ޕްރައިމް ގުޅިގެން ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ބަތަލަކީ ވެސް ސިދާތެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޔޯދާ" އިން ޝާހިދު ވަކިނުވާކަން ކަށަވަރުކޮށް ދީފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝާހިދާ އެކު ޑިޝާ ފެނިދާނެ
ޝާހިދުގެ ފިލްމަށް ބޫމީ ބުނީ ނޫނެކޭ
ޝާހިދު ޕެރަޓްރޫޕަރެއްގެ ރޯލަށް
"ޝޭރުޝާ" އާ އެކު ސިދާތުގެ މަގުބޫލުކަން ބޮޑުވެއްޖެ
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ