Roadha Mihaaru
ހިއު ގްރާންޓް މިހާރު ލީޑް ރޯލު ބޭމުނެއް ނޫން

ހިއު ގްރާންޓް މިހާރު ލީޑް ރޯލު ބޭމުނެއް ނޫން

17 ޖޫން 2021

މިހާރު އެއްވެސް ވަރަކަށް ފިލްމުތަކާއި ސީރީޒްތަކުން ލީޑް ރޯލްތަކަށް އުންމީދުނުކުރާ ކަމަށާއި އެފަދަ ރޯލެއް ކުޅެން ލިބިއްޖެ ނަމަ އެކަން މިހާރު ވާނީ ވެސް ވަރަށް އަބުއި ކަމަކަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަޝްހޫރު އިނގިރޭސި އެކްޓަރު ހިއު ގްރާންޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އެއްވެސް ވަރަކަށް ފިލްމުތަކާއި ސީރީޒްތަކުން ލީޑް ރޯލްތަކަށް އުންމީދުނުކުރާ ކަމަށާއި އެފަދަ ރޯލެއް ކުޅެން ލިބިއްޖެ ނަމަ އެކަން މިހާރު ވާނީ ވެސް ވަރަށް އަބުއި ކަމަކަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަޝްހޫރު އިނގިރޭސި އެކްޓަރު ހިއު ގްރާންޓް ބުނެފި އެވެ.

މިހާރު އުމުރުން 60 އަހަރުގެ އެކްޓަރުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ފޯ ވެޑިންސް އެންޑް އަ ފިއުނަރަލް" އާއި "ނޮޓިން ހިލް" ގެ އިތުރުން "ބްރިޖެޓް ޖޯންސް ޑައިރީ" ސީރީޒްގެ ފިލްމުތައް ހިމެނެ އެވެ.

ދެހާސް 2 އިން ފެށިގެން އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން 2017 ގެ ފަހުން މިހާރު މަދުމަދުން އެކްޓިން ޕްރޮޖެކްޓްތައް ނަގަމުން އަންނަ ހުނަދުވެރި އެކްޓަރު ދަ ލޭޓް ނައިޓް ޝޯ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ލީޑް ރޯލު ކުޅެން ނުޖެހުމަކީ ވަަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އެކަން ލައްކަ ދުވަހު ކުރެވިއްޖެ. އަދި ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ވަރަށް ބޮޑަށް ލިބިއްޖެ. އެހެންވީމާ މިހާރަކު ދެން ލީޑް ރޯލްތަކަށް އެއްވެސް ވަރަކަށް އުންމީދެއް ނުރަން. އެފަދަ ރޯލްތަކާ ދުރުގައި ހުރުމަކީ ހަގީގަތުގައި ބޮޑު ރިލީފެއް،" ފަސް ކުދިންގެ ބައްޕަ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ހިތްވަނީ ވާ ވަރަށް ނޫނީ ފުދޭ ވަރަކަށް ލީޑް ރޯލް ކުޅެވިއްޖެ ކަމަށް. އެކަމާ އަބަދު ވެސް ޝުކުރުވެރިވާނަން. މިހާރު ދެން އެފަދަ ރޯލުތައް ކުޅުމަކީ އަހަންނަށް ވަރަށް އޮޑް ކަމަކަށް ވާނީ."

ގްރާންޓް ބުނި ގޮތުގައި އެކްޓިންއާ ދުރުގައި ހުންނަތާ އަހަރުތަކެއް ފަހުން، އަލުން އެކަމުގެ ތެރެއަށް ނުކުތުމަކީ ލިބުނު ހިތްހަމަޖެހުމެކެވެ

"މިކަމުގެ ތެރެއަށް އަލުން އާދެވުމަކީ ވަރަށް ބޮޑު އުފަލެއް އިހުސާސްކުރެވޭ ކަމަށް. އެކަމަކު އަދިވެސް ބުނަން ބޭނުންވާ އެއްޗަކީ ކުރިން އަހަރެން ކުޅުނު ކަހަލަ ފިލްމުތަކަކަށް މިހާރު އުންމީދެއް ނުކުރަމޭ." އޭނާ ބުންޏެވެ.

ގިނަ އަދަދެއްގެ ޓީވީ ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން "ޑެތު ޓު 2020" އާއި އެޗްބީއޯގެ ލިިމިޓެޑް ސީރީޒް "ދި އަންޑުއިން" އިންނެވެ.

އެންމެ ފަހުން ރިލީޒްވި ގްރާންޓްގެ ފީޗާ ފިލްމަކީ 2019 ގެ އެކްޝަން ކޮމެޑީ "ދަ ޖެންޓްލްމެން" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑަންޖަންސް އެންޑް ޑްރެގަން" އާއި "ފައިވް އައިޒް" ހިމެނެ އެވެ.