30 ޖެނުއަރީ 2022
ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ ފިލްމުގައި ބައިވެރިވާން ޑްވޭން ޖޯންސަން (ރޮކް) އަށް ދިން ދައުވަތު ގަބޫލުނުކުރާނެ ކަމަށް ބުނުމާ ގުޅިގެން ފިލްމު ކާސްޓަށް މިހާރު ޖޭސަން މޮމޯއާ ގެންނަން ނިންމައިފި އެވެ.
ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ ފިލްމުގައި ބައިވެރިވާން ޑްވޭން ޖޯންސަން (ރޮކް) އަށް ދިން ދައުވަތު ގަބޫލުނުކުރާނެ ކަމަށް ބުނުމާ ގުޅިގެން ފިލްމު ކާސްޓަށް މިހާރު ޖޭސަން މޮމޯއާ ގެންނަން ނިންމައިފި އެވެ.
ސުޕަހީރޯ ފިލްމު "އަކްއަމޭން" ގެ ބަތަލު ފިލްމަށް ސޮއިކުރިކަން ފާސްޓްގެ ޓީމުން މިހާރު ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ. މިކަމާ ބެހޭ ގޮތުން ޓީމުން ކުރި ޓްވީޓެއްގައި ބުނީ "ފާސްޓް 10" ގެ ކާސްޓާ ޖޭސަން ގުޅުމަކީ އެ ފިލްމު އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
ނަމަވެސް އޭގައި އޭނާ ކުޅޭނީ ރޮކް އަށް ދިން ރޯލު ކަމެއް އަދި ސާފެއް ނުވެ އެވެ. "ފާސްޓް 10" ގައި ބައިވެރިވާން އެދި ލިބުނު ދައުވަތު ރޮކް ދޫކޮށްލި އިރު، އޭނާ އަކީ ކުރިން މި ސީރިޒްގެ ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. އަދި އޭނާ ފަހުން އޭގައި ބައިވެރި ނުވާން ނިންމީ އެކްޓަރު/ޕްރޮޑިއުސަރު ވިން ޑިޒެލްއާ މެދު ޖެހުނު މައްސަލަތަކަކާ ހެދި އެވެ.
The Fast Fam keeps getting bigger. Welcome, Jason Momoa. #F10 pic.twitter.com/BsMGE6mCXD
— #F9 (@TheFastSaga) January 28, 2022
އެކަމަކު އެކަން އެއްފަރާތްކޮށް "ފާސްޓް 10" ގައި ބައިވެރިވާން އެދި ރޮކް އަށް ޑީޒެލް ދައުވަތު ދިނީ މިދިޔަ މަހުގެ ތެރޭގައި އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ. އެއާ އެކު ރޮކް ވަނީ އޭގައި ދެން ބައިވެރި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
"ފާސްޓް 10" ޑައިރެކްޓްކުރާނީ މިދިޔަ އަހަރު "އެފް9" ވެސް ގެނެސްދިން ޖަސްޓިން ލިން އެވެ. މީގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.
ދެހާސް އެކަކުން ފެށިގެން ގެނެސްދެމުން އަންނަ "ފާސްޓް އެންޑް ފިއުރިއަސް" ގެ 11 ވަނަ ފިލްމާ އެކު މިއަށް ނިމުން ގެންނާނެ އެވެ. ދިހަ ވަނަ ބައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި 19 ގަ އެވެ. މީގެ ކާސްޓާ ޖޭސަން، 42، ގުޅުނު އިރު، އޭނާގެ "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" މި އަހަރު ޑިސެމްބަރު 16 ގައި ސިނަމާތަކަށް ގެންނާނެ އެވެ.
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
"އެފް9" އާ އެކު ސިނަމާ ވިޔަފާރި އަށް އުންމީދެއް
"ފާސްޓް އެންޑް ފިއުރިއަސް" ނިންމާލަނީ
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
ބްރިޓްނީގެ ލޯބިވެރިޔާ އަށް ގިބްސަނާ އެކު ފިލްމެއް
ވޯކާގެ ދަރިފުޅުގެ ކައިވެނީގައި ބައްޕައަކީ ޑީޒެލް
ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރެއްގެ ވާހަކައެއް ނެތް
އެކްޝަން ތަރި ކެވިލް އަށް ލޯބީގެ ފިލްމެއް
ބޮލީވުޑްގެ އެކްޓަރު ވިދުޔަތުގެ މިސްރާބު ހޮލީވުޑަށް