Roadha Mihaaru
"ވަން ޑިރެކްޝަން" ގެ ލިއަމް ކުރު ފިލްމަކަށް

"ވަން ޑިރެކްޝަން" ގެ ލިއަމް ކުރު ފިލްމަކަށް

16 ޖޫން 2021

އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރުންގެ ތެރޭގައި ހިމެނުނު ލިއަމް ޕޭން އަމިއްލަ ހަޔާތުގެ ދުވަސްތަކެއްގެ ވާހަކަ ކިޔައިދޭ ކުރު ފިލްމެއް އުފައްދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރުންގެ ތެރޭގައި ހިމެނުނު ލިއަމް ޕޭން އަމިއްލަ ހަޔާތުގެ ދުވަސްތަކެއްގެ ވާހަކަ ކިޔައިދޭ ކުރު ފިލްމެއް އުފައްދަން ނިންމައިފި އެވެ.

"ޑައިރީ އޮފް އަ ސީއީއޯ" ކިޔާ ޕޮޑްކާސްޓް ޝޯއަކަށް ދިން އިންޓަވިއެއްގައި 27 އަހަރުގެ ފަންނާނު ބުނީ ފުރަތަމަ ކުރު ފިލްމުގައި ދައްކުވައިދޭނީ ރަލަށް ދެވިހިފައިގެން ރިހެބެއްގައި ފަރުވާ ހޯދަން ހޭދަކުރި މުއްދަތުގެ ވާހަކަތައް ކަމަށެވެ. އަދި އޭގައި އޭނާއާ އެކީ ރިހެބްގައި ފަރުވާ ހޯދި އިނގިރޭސި ކޮމީޑިއަން ރަސަލް ބްރޭންޑާއި އިތުރު ރިހެބް މޭޓުންތަކެއް ބައިވެރިވާނެ ކަމަށް ބުންޏެވެ.

"ވަރަށް އުނދަގޫ ކަޅު ދުވަސްތަކެއް އެއީ. އެޑިކްޝަނުން ސަލާމަތްވާން އަހަރެމެން ކުރި ދަތުރު ކުރު ފިލްމުގައި ފެންނާނީ. ބޭނުމަކީ އަލްކޮހޯލިކް އެނަނިމަސް އަށް ހޭލުންތެރިކަން އުފެއްދުން،" ލިއަމް ބުންޏެވެ.

އޭނާ ބުނީ ގޮތުގައި އަމިއްލަ އަށް ސްކްރިޕްޓް ލިޔެގެން ހަދާ ފިލްމަށް ތައްޔާރުވަމުން އަންނަ މި ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމުގެ އުންމީދު ބޮޑެވެ.

އެކަމަކު ފިލްމުގެ ނަމާއި ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ލިއަމް އަކީ "ވަން ޑިރެކްޝަން" ގެ ފަސް މެމްބަރުންގެ ތެރެއިން އެކެކެވެ. ބޮޑު މަގުބޫލުކަމެއް ހޯދި ބޭންޑްގައި ދެން ހިމެނުނީ ޒޭން މާލިކް، 28، އާއި ހެރީ ސްޓައިލްސް، 27، އާއި ނިއާލް ހޯރަން، 27، ގެ އިތުރުން ލުއީ ޓޮމްލިންސަން، 29، އެވެ.

ދެހާސް ދިހައެއްގައި އުފެދުނު ބޭންޑް 2016 ގައި ރޫޅައިލުމަށް ފަހު، މެމްބަރުން މިހާރު މަސައްކަތްކުރަނީ ވަކިވަކިން ސޯލޯ އާޓިސްޓުންގެ ގޮތުގަ އެވެ.

ލިއަމް އެކްޓިން ހުނަރު ދައްކައިލަން ތައްޔާރުވާ އިރު ހެރީ ސްޓައިލް އަކީ ވެސް މިހާރު ފިލްމު ކުޅޭ ފަންނާނެކެވެ. އޭނާގެ ފުރަތަމަ ބޮޑު ފިލްމަކީ 2017 ގެ "ޑަންކާކް" އެވެ. ކުރިއަށް ހުރި ފިލްމުތަކަކީ "ޑޯންޓް ވޮރީ ޑާލިން" އާއި "ޕޮލިސް މެން" އެވެ.