Roadha Mihaaru
ރީސްގެ ދަރިފުޅު ވެސް އެކްޓިން އަށް

ރީސްގެ ދަރިފުޅު ވެސް އެކްޓިން އަށް

30 ޖުލައި 2022

ހޮލީވުޑްގެ އައިކޮނިކް އެކްޓަރު ރީސް ވިދަސްޕޫންގެ ދަރިފުޅު ވެސް އޭނާގެ މަންމައާ އެއް މަގަކުން އެކްޓިންގެ ދާއިރާ އަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ހޮލީވުޑްގެ އައިކޮނިކް އެކްޓަރު ރީސް ވިދަސްޕޫންގެ ދަރިފުޅު ވެސް އޭނާގެ މަންމައާ އެއް މަގަކުން އެކްޓިންގެ ދާއިރާ އަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ރީސް އާއި އޭނާގެ ކުރީގެ ފިރިމީހާ ރާޔަން ފިލިޕްގެ ދޮށީ ފިރިހެން ދަރިފުޅު ޑީކަން ރީސް ފިލިޕް މިހާރު ތައްޔާރު ވެފައި ހުރީ އޭނާގެ ފުރަތަމަ އެކްޓިން ޑެބިއޫ އަށެވެ.

ޑީކަން ވެސް އޭނާގެ މަންމަ ފަދައިން އެކްޓް ކުރަން ޝައުގުވެރިކަން ވަރަށް ޅަ އުމުރުގައި އުފެދުނެވެ. ނަމަވެސް ތަޖުރިބާ ހޯދައި ދަސްކޮށްގެން ނޫނީ ދާއިރާ އަށް ނުކުންނަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

ޑީކަންގެ ފުރަތަމަ އެކްޓިން ރޯލު ލިބުނީ ނެޓްފްލިކްސްގެ ހިޓް ޓީވީ ޝޯ "ނެވާ ހޭވް އައި އެވާ" އިންނެވެ. ޝޯގެ ތިންވަނަ ސީޒަންގައި ޑީކަން ސަޕޯޓިން ރޯލަކުން ފެންނާނެ އެވެ.

އުމުރުން 18 އަހަރުގެ ޑީކަން އެ ޝޯގައި ކުޅޭނީ މުޅިން އާ ކެރެކްޓަރެއްގެ ރޯލެވެ. "ޕާކާ" ނަމަކަށް ކިޔާ ކެރެކްޓަރަކީ ޝޯގެ ލީޑް ކެރެކްޓަރާ ޒާތީ ގޮތުން ޖެހިފައިވާ ކެރެކްޓަރަކަށް ވާނެ އެވެ.

އެކްޓިންގެ ކުރިން ޑީކަން ވަނީ މިއުޒިކްގެ ތެރެއަށް ވެސް ވަދެފަ އެވެ. އޭނާގެ ފުރަތަމަ ލަވަ ވަނީ 2020 ވަނަ އަހަރުގައި ރިލީޒް ކޮށްފަ އެވެ.