Roadha Mihaaru
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 900ރ.

މީހަކަށް 900ރ.ގެ މަގުން މުދަލު ޒަކާތް ބަހަން ފަށައިފި

22 ނޮވެމްބަރ 2016

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް 900ރ.ގެ މަގުން މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް 900ރ.ގެ މަގުން މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ބަހަމުން އަންނަ ކަމަށެވެ. ފަގީރުންގެ ގޮތުގައި މާލޭ ސަރަހައްދުން ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މިނިސްޓްރީން ފައިސާ ދޫކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް މުދަލުގެ ޒަކާތް ބަހާނެ ދުވަސްތަކާއި ގަޑިތައް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންނެވެ. އިސްލާމިކް މިނިސްޓްރީން އަންނަނީ ޒަކާތު ފައިސާ ކައުންސިލްތަކަށް ފޮނުވަމުންނެވެ.

ފަގީރުންގެ ގޮތުގައި މިއަހަރު 12،335 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެއީ މާލޭ ސަރަހައްދުން 2،399 މީހުންނާއި އަތޮޅުތަކުން 9،936 މީހުންނެވެ.