Roadha Mihaaru
ޒަކާތަށް ލިބުނު 9 މިލިއަން ފަގީރުންނަށް ޖަމާކޮށްފި

ޒަކާތުގެ ގޮތުގައި ލިބުނު 9 މިލިއަން ރުފިޔާ ފަގީރުންނަށް ޖަމާކޮށްފިން: މިނިސްޓްރީ

22 އެޕްރީލް 2023

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފަގީރުންގެ ދަފްތަރުގައިވާ މީހުންނަށް ޖަމާކޮށްފައިވާ ކަމަށް. އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފަގީރުންގެ ދަފްތަރުގައިވާ މީހުންނަށް ޖަމާކޮށްފައިވާ ކަމަށް. އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ފަގީރުންގެ ދަފްތަރުގައި 8،446 މީހުން ތިބި ކަމަށާއި މާލެއިން 1،736 މީހުންނަށް ބޮލަކަށް 3،450ރ. ގެ ރޭޓުން އެ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

ފިތުރު ޒަކާތް ގޮވާމުގެ ގޮތުގައި ވެސް ބަލައިގެންފައިވާ އިރު ރޯދަ މަސް ނިމުމުގެ ކުރިން 12،989.3 ކިލޯ ގޮވާން ލިބިފައިވާ ކަމަށާއި އެތަކެތި ވެސް ބަހައި ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީ އަށް ޒަކާތް ދައްކާފައި ވަނީ 175،485 މީހުންނެވެ.

ފިތުރު ޒަކާތް ބަލައިގަތީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނަނީ އެ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.