13 ޖޫން 2018
ޒަކާތުގެ ގޮތުގައި އިއްޔެއާ ހަމަ އަށް ލިބުނު ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި ގޮވާން މިއަދު ބަހަމުން އަންނަ އިރު، މާލޭގައި ތިބި ފަގީރުންނަށް ޒަކާތުގެ ގޮތުގައި ޖެހެނީ، ބޮލަކަށް 1،300 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ޒަކާތުގެ ގޮތުގައި އިއްޔެއާ ހަމަ އަށް ލިބުނު ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި ގޮވާން މިއަދު ބަހަމުން އަންނަ އިރު، މާލޭގައި ތިބި ފަގީރުންނަށް ޒަކާތުގެ ގޮތުގައި ޖެހެނީ، ބޮލަކަށް 1،300 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ފަގީރުންގެ ގޮތުގައި މި އަހަރު 3،299 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 3،142 ގަ އެވެ.
ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ބޮލަކަށް ޖެހުނު ނިސްބަތް، މި އަހަރާ އަޅައިބަލާއިރު 50 ރުފިޔާ މަދެވެ.
ފަގީރުންގެ ގޮތުގައި އަތޮޅުތަކުން މި އަހަރު ރަޖިސްޓްރީވެފައިވަނީ 12،995 މީހުންނެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 13،063ގަ އެވެ.
ޒަކާތުގެ ގޮތުގައި ރަށްރަށަށް ލިބުނު ފައިސާގެ އަދަދު އަދި ސާފު ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ މާލޭގައި ބަހަން ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. ޒަކާތް ބަހަން ހަމަޖައްސާފައިވަނީ މިއަދާއި މާދަމާ ހެނދުނު 10:30 އިން 12:00 އަށް، މެންދުރު ފަހު 12:35 އިން ހަވީރު 3:30 އަށް އަދި، ރޭގަނޑު 9:00 އިން 11:00 އަށެވެ.
ގޮވާމުން ޒަކާތް ދޫކުރަން ހަމަޖައްސާފައިވަނީ އަރަބިއްޔާ ސްކޫލު ހޯލުގަ އެވެ. ހެނދުނު 10:30 އިން 12:00 އަށް، މެންދުރުފަހު 12:45 އިން ހަވީރު 3:30 އަށް، އަދި ރޭގަނޑު 9:00 އިން 11:00 ވަންދެން ގޮވާމުން ޒަކާތް ދޫކުރާނެ އެވެ.
ޒަކާތް ހޯދުމަށް 16،294 މީހަކު ރަޖިސްޓަރީ ކުރި
ފަގީރުންގެ ލިސްޓުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލަނީ
ޒަކާތަށް ލިބުނު 9 މިލިއަން ފަގީރުންނަށް ޖަމާކޮށްފި
ޒަކާތު ނަފާ ފަންޑުން 150،000ރ. ގެ އެހީ ދެނީ
ފަގީރުންގެލިސްޓުން މިއަހަރު 2،000 މީހަކު މަދުވެއްޖެ
ކޮވިޑާ ގުޅިގެން ފަގީރުންގެ އަދަދު އިތުރުވެއްޖެ
ފަގީރުންގެ ދަފްތަރުގައި ތިބީ 8،764 މީހުން
ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ