އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ހޯދިއިރު އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި އެވެ.
22 ނޮވެމްބަރ 2016
އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ހޯދިއިރު އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި އެވެ.
ފިރިހެން މުބާރާތުގެ ފައިނަލުން މޯލްޑިވިއަން ޖާގަ ހޯދީ ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުން ދިވެހި ސިފައިންގެ ކްލަބް އަތުން 3-2 ސެޓުން މޮޅުވެގެންނެވެ. މިއީ ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުން ސިފައިން އަތުން ބަލިވި ބަލިވުވުމަށް މޯލްޑިވިއަން ހިފި ރަނގަޅު ބަދަލެކެވެ. މި މެޗުން ބަލިވި ނަމަވެސް ލީގު ޗެމްޕިއަން ސިފައިންނަށް އަދި ފުރުސަތު ނުގެއްލެ އެވެ. އެ ޓީމު މިރޭ ތިން ވަނަ ސެމީގައި ނުކުންނާނީ ފުރަތަމަ ސެމީން މޮޅުވި ޕޮލިސް ކްލަބާ ދެކޮޅަށެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ މިރޭ މޮޅުވާ ޓީމަކަށެވެ.
މޯލްޑިވިއަންގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ މޯލްޑިވިއަން އާއި ސިފައިން ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު މޯލްޑިވިއަން ވަނީ 25-21، 25-21 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ސިފައިން ވަނީ ފަހަރުން އަރައި އަނެއް ދެ ސެޓު 27-25 އިން އަދި 25-23 އިން ކާމިޔާބުކޮށް ހަމަހަމަކޮށްފަ އެވެ. މޯލްޑިވިއަން މޮޅުވީ ނަތީޖާ ނެރެން ކުޅުނު ފަހު ސެޓު 17-15 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ ވިނީތު ކުމާރެވެ.
އަންހެން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު ހޯދީ މޯލްޑިވިއަންގެ އަންހެން ޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ގައުމީ ލީގުގެ ދެ ވަނަ ހޯދި މިސްކިތްމަގު މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-20، 25-15 އަދި 25-17 އިންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ މިސްކިތްމަގު ޓީމުގެ ބުއާލީ ޖަރޮއެންސްރީ އެވެ.
ގައުމީ ލީގުގެ ޗެމްޕިއަން މޯލްޑިވިއަން އަށް ދެން އޮތް ފުރުސަތަކީ ފުރަތަމަ ސެމީން މޮޅުވި ޕޮލިސް ކްލަބާ ދެކޮޅަށް މިއަދު ހަވީރު ކުޅުމެވެ. މި މެޗުން މޮޅުވާ ޓީމަކަށް ބުރާސްފަތި ދުވަހު ހަވީރު ކުޅޭ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނެ އެވެ.
ތިން ތަށި ހޯދައި ރާއްޖޭގެ ވޮލީގެ ރަސްކަން ސިޓީ އަށް
ސީލައިފް ކަޓައިފި، މޯލްޑިވިއަން ފައިނަލަށް
ގައުމީ ވޮލީބޯޅަ ތަށި މޯލްޑިވިއަން އިން ދިފާއުކޮށްފި
ގައުމީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ސިފައިންނަށް
ސިފައިންގެ ކްލަބުން ގައުމީ ވޮލީ މުބާރާތް ދިފާއުކޮށްފި
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ދުވަސްތަކަކަށް ފަހު ގައުމީ ޗެމްޕިއަންކަން ސިފައިންނަށް
ސިފައިން ފައިނަލަށް، ފަހު ސެމީގައި ސިޓީ އާއި އާބަންކޯ