07 ޖުލައި 2022
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސިފައިންގެ މައްޗަށް ކުރި ހޯދައި، ސީޒަން ވިދިވިދިގެން ތިން މުބާރާތް ވެސް ކާމިޔާބުކޮށް، ރާއްޖޭގެ ވޮލީބޯޅައިގެ ރަސްކަން ސްޕޯޓްސް ކްލަބް ސިޓީން ހޯދައިފި އެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސިފައިންގެ މައްޗަށް ކުރި ހޯދައި، ސީޒަން ވިދިވިދިގެން ތިން މުބާރާތް ވެސް ކާމިޔާބުކޮށް، ރާއްޖޭގެ ވޮލީބޯޅައިގެ ރަސްކަން ސްޕޯޓްސް ކްލަބް ސިޓީން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު ފައިނަލް މެޗު ސިޓީން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
މެޗުގެ ދެވަނަ ސެޓަކީ، ނިމިދިޔަ ތިން މުބާރާތުގެ މެޗުތަކުގެ ތެރެއިން އެއް ސެޓެއްގައި އެންމެ ބޮޑަށް ވާދަވެރިކަން ފެނުނު ސެޓެވެ. އެ ސެޓް ނިންމަން ދެތިން ފަހަރެއްގެ މަތިން ދެ ޓީމަށް ވެސް ފުރުސަތު ލިބިގެން ދިޔަ އެވެ. މެޗުގައި ސިފައިންނަށް ހޯދުނު ހަމައެކަނި ސެޓަށް ވީ އެ ސެޓެވެ. އެއް ތިރީިސް ޕޮއިންޓަށް ދެމިގެން ދިޔަ ސެޓް، ސިފައިން ކާމިޔާބު ކުރީ 31-29 ންނެވެ.
ސިފައިންނާއި ސިޓީ ބައްދަލު ކުރި ގައުމީ މުބާރާރުގެ ފައިނަލް މެޗުގެ ތެރެއިން: ސިޓީން މެޗު ކާމިޔާބު ކުރީ 3-1 ސެޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުރަތަމަ ސެޓްގައި ވެސް ވާދަވެރިކަން ފެނިގެން ދިޔަ އެވެ. އެ ސެޓުގައި ސިޓީން ކުރި ހޯދީ 25-22 ންނެވެ. އެކަމަކު ދެވަނަ ސެޓް ވާދަވެރިކަމާއެކު ސިފައިންނަށް ކާމިޔާބު ކުރެވުނަސް މެޗުގެ ތެރެއަށް އަންނަން އެޓީމަށް ފަސޭހަ ކަމަކަށް ނުވި އެވެ.
ފަހު ދެ ސެޓް ސިޓީން ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އެވެ. އެ ދެ ސެޓް އެ ޓީމުން ގެންދިޔައީ 25-17 އަދި 25-16 އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) އެވެ. ނިމިދިޔަ ތިން މުބާރާތުގައި ވެސް ހުޒާމް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިޓީގެ ހަރްދީޕް ސިންހް އެވެ.
މިއަހަރުގެ ވޮލީބޯޅަ ސީޒަނަކީ ތަރީހީ ބަދަލަކާ އެކު ކުރިއަށް ގެންދިޔަ ސީޒަނެކެވެ. ވީއޭއެމުން ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ދީގެން ކުރިއަށް ގެންދިޔަ ސީޒަންގައި 18 ކުޅުންތެރިންގެ ޕޫލެއްގެ ތެރެއިން ކޮން ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ހޯދި އެވެ.
ސިފައިންނަށް ގޯސް ފެށުމެއް، އޮފްއެފްސީއަށް ހަމަނޭވާއެއް
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ
ސީލައިފް ކަޓައިފި، މޯލްޑިވިއަން ފައިނަލަށް
ގައުމީ ވޮލީބޯޅަ ތަށި މޯލްޑިވިއަން އިން ދިފާއުކޮށްފި
ގައުމީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ސިފައިންނަށް
ގައުމީ ފިރިހެން މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ދުވަސްތަކަކަށް ފަހު ގައުމީ ޗެމްޕިއަންކަން ސިފައިންނަށް