Roadha Mihaaru

ސިފައިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް

ސީދާ ތިން ސެޓުން ފުވައްމުލަކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމާއެކު ކުޅޭ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 25-19، 25-15 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ ޗިރާގް އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ގެންދާ މުބާރާތުގައި، ނިމިދިޔަ ލީގުގެ އެއް ވަނަ އަދި ދެ ވަނައިގެ މެދުގައި ކުޅުނު މި މެޗު ކާމިޔާބު ކޮށްގެން ސިފައިންގެ ކްލަބް މިވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ފަހު ޖާގަ ލިބޭނީ، ދަޑިމަގާއި ކްލަބް އެޗްޑީސީ މިރޭ ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.

ސިފައިންގެ ކްލަބާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް

ސިފައިންގެ ކްލަބާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް

އިއްޔެ ގައުމީ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި އެޗްޑީސީ ވަނީ ޝަމާއިލް ހުސެއިންގެ މޮޅު ކުޅުމާ އެކު 26-24، 28-26 އަދި 25-17 އިން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފަ އެވެ.

ސިފައިންގެ ކްލަބަކީ، ގައުމީ މުބާރާތުގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެޗްޑީސީ ބަލި ކުރި އިރު އޭގެ ކުރީ އަހަރު، 2023 ގެ ޗެމްޕިއަންކަން ހޯދީ ވެސް އެ ޓީމު ބަލިކޮށްފަ އެވެ. އެ އަހަރު އެޗްޑީސީ ވާދަކުރީ ކްލަބް އާބަންކޯގެ ނަމުގަ އެވެ.

ސިފައިންގެ ކްލަބް ވަނީ މި އަހަރުގެ ގައުމީ ލީގުގެ އިތުރުން، ވީއޭއެމް އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.