08 ޖޫން 2021
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭނެ އެވެ. ނަމަވެސް މެއި މަސް ނިމުމުގެ ކުރިން އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ނުބޭއްވުނީ އެ މަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަން ޖެހުމުންނެވެ.
މި މަހު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ ސީއެމްޑީއޭގެ "ފަހި ވޯޓު" މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19ގެ ކުރިން އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފަ އެވެ.
މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ އެވެ. ރަޖިސްޓްރީވާން ޖެހޭނީ އިންފިނިޓީ ޕޯޓަލް ނުވަތަ companysecretary@mtcc.com.mv އަށް އީމެއިލް ކޮށްގެން ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި
ފައިދާ ދަށްވީ ބްރިޖާއި މަހާ ޖައްރާފާ ހެދި: އެމްޓީސީސީ
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި
އެމްޓީސީސީ އޭޖީއެމް: ބޮޑު ޑިވިޑެންޑް ގެއްލި ލަނޑެއް؟
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
ރިއަލް އެސްޓޭޓް ވިޔަފާރި އަށް އެމްޓީސީސީ ވަންނަނީ