Roadha Mihaaru
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި

31 މެއި 2021

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާ ފަސްކުރަން ޖެހުނީ މި މަހުގެ 16 ވަނަ ދުވަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަން ޖެހުމުން ކަމަށެވެ. މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭނެ އެވެ.

އަންނަ މަހަށް މި ޖަލްސާ ފަސްކުރި ކަމަށް އެމްޓީސީސީން އިއުލާން ކުރި ނަމަވެސް ސީދާ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާން ކޮށްފައި ނުވެ އެވެ.

މި އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު އެމްޓީސީސީ އަށް ވަނީ ރެކޯޑު އަދަދަކަށް ފައިދާ ލިބިފަ އެވެ.