މި މަހުގެ ދެވަނަ ދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު، ކޮވިޑް ބަލީގައި ހާލު ބޮޑުވެ، ނިޔާވި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.
06 ޖޫން 2021
މި މަހުގެ ދެވަނަ ދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު، ކޮވިޑް ބަލީގައި ހާލު ބޮޑުވެ، ނިޔާވި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.
މިޝްކާ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކާއެކު، އެ މައްސަލަ ހެލްތު މިނިސްޓްރީން ބެލުމަށް ފަހު، އާންމުކުރި ރިޕޯޓުން ވެސް އެއީ ހަގީގަތެއްކަން އެނގެ އެވެ. އެ ކުއްޖާ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
މިޝްކާ ނިޔާވުމާއެކު، އެކަމުގެ މައުލޫމާތު ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި މަޖިލީހުގެ ޖެންޑާ ކޮމިޓީން އެދިފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވި އެވެ.
އޭނާ، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު 2:00 ހާއިރު އެ މައުލޫމާތު ކޮމިޓީއަށް ލިބޭނެ އެވެ. އެހެންވެ، މާދަމާ މެންދުރު 2:00 ގައި ނުވަތަ ހަވީރު 4:00 ގައި ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމްގެ އިސްވެރިން ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ޖީހާން ވިދާޅުވި އެވެ.
މިޝްކާގެ މަރުގެ ޚަބަރާ އެކު އެޗްއާރުސީއެމުން ވެސް ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައެއް ނެތެވެ. އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ވެސް ނުވާ ކަމަށާއި އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ. މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ރިޕޯޓްގައިވެ އެވެ.
މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް
މިޝްކާގެ މަރުގެ މައްސަލަ ހެލްތު/އެޗްއާރުސީއެމުން ބަލަނީ
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް
މިޝްކާގެ މަރުގެ ތަހުގީގަށް ވަގުތުދީ ކޮމިޓީ ނިންމާލައިފި
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
މިޝްކާގެ މަރު:ފަރުވާ ލަސްވި މައްސަލަ ބަލަން މަޖިލީހަށް
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ