04 ޖޫން 2021
ކޮވިޑު-19 ގައި ނިޔާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްވި މައްސަލައިގެ ތަހުގީގީ ރިޕޯޓު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ތާރީހަށް ނުނެރި، ގިނަ ކަންކަން އިތުރަށް ބަލަން ޖެހުމަކީ އޭގެ ސަބަބެއް ކަަމަށް ބުނެ ރިޕޯޓު އާންމުކުރުން ސަރުކާރުން ފަސްކޮށްފި އެވެ.
ކޮވިޑު-19 ގައި ނިޔާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްވި މައްސަލައިގެ ތަހުގީގީ ރިޕޯޓު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ތާރީހަށް ނުނެރި، ގިނަ ކަންކަން އިތުރަށް ބަލަން ޖެހުމަކީ އޭގެ ސަބަބެއް ކަަމަށް ބުނެ ރިޕޯޓު އާންމުކުރުން ސަރުކާރުން ފަސްކޮށްފި އެވެ.
އެ މައްސަލައިގައި ހެލްތު މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެކަން ހިނގައިދިޔަ ގޮތުގެ ތަހުގީގެއް އަންނަނީ ހިންގަމުންނެވެ. އާންމުންގެ ބޮޑެތި ފިއްތުންތަކަކާއެކު، މިިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ، އެ ތަހުގީގު އެ ރޭ ނިމޭނެ ކަމަށާއި އެ އަށް ފަހު ރިޕޯޓު އާންމު ކުރައްވާނެ ކަމަށެވެ.
އޭގެ ފަހުން އިއްޔެ ހެނދުނު "މިހާރު" ން ސުވާލު ކުރުމުން ނަސީމް ވިދާޅުވީ، އުމުރުން 10 އަހަރުގެ މިޝްކާ އަށް ފަރުވާ ލިބުން ލަސްވި މައްސަލައިގެ ރިޕޯޓު އިއްޔެ ރޭ ދަންވަރު ނިމިފައިވާ ކަމަށާއި އެ ރިޕޯޓު އިއްޔެ އާންމު ކުރައްވާނެ ކަމަށެވެ.
ކޯވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިއަންނަނީ ކުރަމުން.
— Ministry of Health (@MoHmv) June 4, 2021
މި މައްސަލާއިގާ ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާ.
މަސައްކަތް ކުރަމުންމިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް.
ނަސީމް ވިދާޅުވީ އެ ރިޕޯޓު ބެއްލެވުމަށް ފަހު، އިއްޔެ ހަވީރު ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އެ އަށް ފަހު އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ނަމަވެސް އެ ދުވަސް ފާއިތުވިއިރު، ނަތީޖާއެއް ނުފެނުމުން އާންމުންގެ ފާޑުކިޔުން ބޮޑުވާން ފެށުމުން ހެލްތު މިނިސްޓްރީން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މިޝްކާ ނިޔާވުމާ ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަ ކަމަށާއި ގިނަ ކަންތައްތަކެއް ބަލަން ޖެހުމުން އިތުރު ވަގުތު ނަގާ ކަމަށެވެ.
"މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް،" މިނިސްޓްރީގެ ޓުވީޓުގައި ވެ އެވެ.
މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވި މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެހެންވެ، އެ ރޭ 9:00 ހާއިރު އެމްބިއުލާންސަށް ގުޅައިގެން އޭގެ އިންތިޒާރުގައި ތިން ގަޑިއިރު ހުންނަން ޖެހުނެވެ.
މިޝްކާ ބަލައި އެމްބިއުލާންސް ދިޔައިރު އެ ކުއްޖާ އޮތީ ހޭނެތި، ވަރަށް ބޮޑަށް ހާލު ސީރިއަސްވެފަ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ފަހުންނެވެ.
މިނިސްޓަރު ނަސީމް ވިދާޅުވެފައިވާ ގޮތުގައި، މިޝްކާގެ ފަރުވާ ލަސްވުމުގައި އިހުމާލު އެބައޮތެވެ. އެއީ ކޮން ބައެއްގެ އިހުމާލެއްކަން ސާފުވާނީ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެެ.
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް
"މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު ހާމަކުރާނަން"
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި
އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ހަމަވާނެ
މިޝްކާގެ މަރު:ފަރުވާ ލަސްވި މައްސަލަ ބަލަން މަޖިލީހަށް
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަނީ