03 ޖޫން 2021
ދުނިޔޭގެ އެންމެ އުސް ފަރުދަބަ، އެވަރެސްޓަށް އެރި އޭޝިއާގެ ފުރަތަމަ ލޯފަން މީހާގެ މަގާމު ޗައިނާގެ މީހަކަށް ލިބިއްޖެ އެވެ.
ދުނިޔޭގެ އެންމެ އުސް ފަރުދަބަ، އެވަރެސްޓަށް އެރި އޭޝިއާގެ ފުރަތަމަ ލޯފަން މީހާގެ މަގާމު ޗައިނާގެ މީހަކަށް ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އިތުރު ތިން ގައިޑުންނާ އެކު އެވަރެސްޓް ފަރުބަދައިގެ އެންމެ މައްޗަށް އެރީ ޗައިނާ ޗޮންގިން ސިޓީ އަށް އުފަން 46 އަހަރުގެ ޒަންގް ހޯންގެވެ. ފަރުބަދައިގެ ކުންނަށް އެރި އޭޝިއާގެ ފުރަތަމަ ލޯފަން މީހާގެ މަގާމު އޭނާ އަށް ލިބުނު އިރު ޒަންގް އަކީ އެވަރެސްޓް ފަރުބަދައިގެ އެންމެ މައްޗަށް ދިޔަ ލޯފަން ތިން ވަނަ މީހާ އެވެ.
ފަރުބަދައިގެ ނޭޕާލް ފަޅިން އަރައި 8،849 މީ މީޓަރަށް އެރުމަށް ފަހު ޒަންގް އާއި އޭނާގެ ޓީމު ފަރުބަދައިން ފޭބީ މެއި މަހުގެ 27 ގަ އެވެ.
Thank you @Reuters for sharing my story.@ErikWeihenmayer was the inspiration that started everything. https://t.co/7EQGpXzgFV
— Blind Mountaineer Zhang Hong 张洪 (@Zhang_Hong_76) May 30, 2021
މި ކާމިޔާބީއާ ބެހޭ ގޮތުން އޭނާ ބުނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ ކަމެއްކުރަން އޮތް ހުރަހެއް ނޫންކަން އަބަދު ވެސް ގަބޫލުކުރާ ކަމަށެވެ.
"މީގައި އެންމެ މުހިއްމި ކަމަކީ މީހާގެ އަޒުމް،" ރޮއިޓާސް އަށް ޒަންގް ބުންޏެވެ. "އެ ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރެވިދާނެ."
ޒަންގް ލޯ އަނދިރިވީ އޭނާގެ އެންމެ ޒުވާން އުމުރުގައި 21 އަހަރުގަ އެވެެ. އެއީ ގުލުކޯމާ ބަލީގަ އެވެ. ލޮލުގެ ފެނުން ގެއްލުނަސް އޭނާ އަބަދު ވެސް މަސައްކަތްކުރީ އާންމު ދިރިއުޅެއް އުޅެވޭތޯ އެވެ.
I summited Everest!
— Blind Mountaineer Zhang Hong 张洪 (@Zhang_Hong_76) May 25, 2021
I would like to thank my family, my guides, the folks at Fokind Hospital, and @asiantrekking who have been extremely supportive of my journey.
This is only the beginning as I would like to climb the #SevenSummits #Everest2021
More pictures coming soon! pic.twitter.com/RlpFH29DoP
ޒަންގް ބުނި ގޮތުގައި ލޯފަން މީހެއްގެ ގޮތުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަ އަށް އަރަން އޭނާ ކުރި މަސައްކަތަށް ހިތްވަރު ހޯދީ ލޯފަން މީހެއްގެ ގޮތުގައި 2001 ގައި ފަރުބަދަ އަށް އެރި އެމެރިކާގެ އެރިކް ވީހެންމޭޔާ ކުރި މަސައްކަތުގެ ވާހަކަ އަޑު އަހައިފަ އެވެ.
ޒަންގް އެވަރެސްޓް ފަރުބަދަ އަރަން ޓްރޭނިން ހެދި އިރު އެންމެ ބޮޑަށް އެހީވެދިނީ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާ ރައްޓެއްސެއް ކަމަށްވާ ގިއަންގް ޒީ އެވެ.
"ފުރަތަމަ މިކަން ފެށި އިރު ވަރަށް ބިރުގަތް ވެއްޓިދާނެތީ،" ޒަންގް ބުންޏެވެ. "އެކަމަކު މިއީ ވަރަށް ބުރަ އަދި ނުރައްކާތެރި ކަމަކަށް ވާނެކަން ގަބޫލުކޮށްގެން ހިތްވަރު ލާފައި ކުރި މަސައްކަތުން ކާމިޔާބުވީ."
އެކަން ކާމިޔާބުވުމުން ޒަންގް ވަނީ އޭނާ އަށް އެހީވެދިން ހުރިހާ އެންމެންނަށް ޝުކިރު ވެސް އަދާކޮށްފަ އެވެ.
އެވަރެސްޓް ފަރުބަދަ "އުސްވެއްޖެ"
10 ފަހަރަށް އެވަރެސްޓަށް އަރައިގެން ރިކޯޑް އާކޮށްފި
ދުނިޔޭގެ އެންމެ އުހުގައި ސައި ބޮއެފި
އެވަރެސްޓް ފަރުބަދައިގެ ކުނިން އާޓް ގެލެރީއެއް
ނޭޕާލްގައި މެންޑަރިން ކިޔަވައިދޭން ޗައިނާ ޓީޗަރުން ހިލޭ
އެވަރެސްޓް ފަރުބަދަ ސަރަހައްދަށް ޕްލާސްޓިކް މަނާކުރަނީ
އެވަރެސްޓުގައި މީހުން މަރުވީ ތޮއްޖެހިގެން ނޫން: ނޭޕާލް
ޖެކީ ޗެން މައުންޓް އެވަރެސްޓަށް
ވީލްޗެއާގައި ދުނިޔެ ބަލައިލުމުގެ ދަތުރުގައި ރާއްޖެއަށް
މައުންޓް އެވަރެސްޓް ވެސް ކުނިގޮނޑަކަށް