ޗައިނާގެ ތައުލީމީ ނިޒާމުގައި ރަސްމީކޮށް ކިޔަވައިދިނުގައި ބޭނުންކުރާ މެންޑަރިން ބަސް، ނޭޕާލްގެ ސްކޫލްތަކުގައި ބޭނުންކުރަން ކުރަން އެދި އެ ބަސް ކިޔަވައިދޭ ޓީޗަރުންގެ މުސާރަ ޗައިނާ ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފި އެވެ.
17 ޖޫން 2020
ޗައިނާގެ ތައުލީމީ ނިޒާމުގައި ރަސްމީކޮށް ކިޔަވައިދިނުގައި ބޭނުންކުރާ މެންޑަރިން ބަސް، ނޭޕާލްގެ ސްކޫލްތަކުގައި ބޭނުންކުރަން ކުރަން އެދި އެ ބަސް ކިޔަވައިދޭ ޓީޗަރުންގެ މުސާރަ ޗައިނާ ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ މި އެދުމަށް ނޭޕާލުން ވަނީ އެ އެ ގައުމުގެ ވަރަށް ގިނަ ސްކޫލްތަކެއްގައި މެންޑަރިން މަޖުބޫރު މާއްދާއެއްގެ ގޮތުގައި މިހާރު ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ސްކޫލްތައް ވެސް ހިމެނެ އެވެ.
ނަމަވެސް ބޭރުގެ ބަހެއް ދަރިވަރުން ދަސްކުރަން މަޖުބޫރުކަމެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ބުނެ މިކަމަށް ބައެއް މީހުން ދަނީ ފާޑު ވެސް ކިޔަމުންނެވެ. އެގޮތުން ނޭޕާލްގެ ކަރިކިއުލަމް ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) އިން އެކުލަވާލާފައިވާ ގައިޑްލައިނުގައި ވެސް ބޭރުގެ ބަހެއް، ސްކޫލްތަކުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. ހަމައެއާ އެކު ގައިޑްލައިނުގައި ބުނާ ގޮތުން ސްކޫލްގެ ރަސްމީ ގަޑިތަކުގައި ބޭރުގެ ބަސްތައް ދަސްކޮށްދޭ ކުލާސްތައް ނަގައި ދިނުމަކީ ހުއްދަ ކަމެއް ބެސް ނޫނެވެ.
ނަމަވެސް މެންޑަރިން ބަސް މަޖުބޫރު މާއްދާއަކަށް ހަދަން ނޭޕާލްގެ ސްކޫލްތަކުން ދެކޮޅު ނުހަދާ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ޓީޗަރުންގެ މުސާރަ ޗައިނާ އިން ހަމަޖައްސައިދިނުމެވެ. އެހެންވެ މިއީ އިތުރު ބަހެއް ދަސްކުރުމުގެ ފުރުސަތު، ބޮޑު ހަރަދަކާ ނުލައި ކުރަން މަގުފަހިވެގެން ދިޔަ ކަމެއް ކަމަށް ބައެއް ސްކޫލްތަކުން ފާހަގަކޮށްފައިވެ އެވެ.
ނޭޕާލްގެ ތައުލީމީ ނިޒާމުގެ ތެރެއަށް އަތްބާނަން އުޅޭ ކަމަށް ބުނެ އަވަށްޓެރި އިންޑިއާ އިން ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި މިކަމަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ގެ ދަށުން ކުރާ ކަމެއް ކަމަށް ވެސް ޗައިނާއާ ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަ އިންޑިއާ އިން ބުނެ އެވެ. ބީއާރްއައި އަކީ އިންޑިއާ އިން ބޮއިކޮޓްކޮށްފައިވާ އެއްޗެކެވެ.
ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަނީ
ސްވެނިއާ ވިއްކަން އުޅުނު ކުއްޖާ ކިޔަވަން ޗައިނާގައި
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
އަމާޒަކީ ހުރިހާ ސްކޫލެއްގައި ސޯލާ ހަކަތަ ބޭނުންކުރުން
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ކުޅުދުއްފުށީ ސްކޫލުތަކަށް ސިޓީ ކައުންސިލުން 100،000ރ.
އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
އެކި ސަބަބުތަކާހެދި ގިނަ ކުދިންތަކަކަށް ސްކޫލަށް ނުދެވޭ
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ