Roadha Mihaaru
ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަނީ

ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަން ނިންމައިފި

31 އޯގަސްޓް 2021

ޗައިނާގެ ސްކޫލްގެ ދަރިވަރުންގެ ތެރެއިން އުމުރުން ހަޔަކާއި ހަތެއްގެ ދަރިވަރުންނަށް ޕޭޕަރުގައި ލިޔާ ގޮތަށް އިމްތިހާނުތައް ބޭއްވުން މަނާކޮށް، ސްކޫލްތަކުގައި ޖުމްލަކޮށް އިމްތިހާނުތައް ދޭ އުސޫލުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ސްކޫލްގެ ދަރިވަރުންގެ ތެރެއިން އުމުރުން ހަޔަކާއި ހަތެއްގެ ދަރިވަރުންނަށް ޕޭޕަރުގައި ލިޔާ ގޮތަށް އިމްތިހާނުތައް ބޭއްވުން މަނާކޮށް، ސްކޫލްތަކުގައި ޖުމްލަކޮށް އިމްތިހާނުތައް ދޭ އުސޫލުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ޗައިނާގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލޯވަ ޕްރަމައިރީގައި ކިޔަވާ ދަރިވަރުންނަށް ކަރުދާހުގައި އިމްތިހާނު ހެދުން މަނާކުރަން ނިންމި މައިގަނޑު ސަބަބަކީ ދިރާސީ އަހަރެއްގެ ތެރޭގައި ސްކޫލްތަކުން ބާއްވާ އެފަދަ އިމްތިހާނުތަކާ ހެދި ދަރިވަރުންނާއި ބެލުންތެރިންނަށް ކުރިމަތިވާ ޕްރެޝަރުތައް ނައްތާލުމެވެ. އެހެންވެ ދެން އިލެމެންޓަރީ ސްކޫލްތަކުގެ ގްރޭން 1-2 ގެ ދަރިވަރުންނަށް ޕޭޕަރުގައި އިމްތިހާނެއް ނުދޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ނިންމުމަކީ ދަރިވަރުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ލިބޭނެ ކުރިއެރުމެކެވެ.

ޗައިނާގެ ދަރިވަރުންތަކެއް ކްލާހެއްގައި.

ޗައިނާގެ ދަރިވަރުންތަކެއް ކްލާހެއްގައި.

އިމްތިހާނުތަކާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ ދިރާސީ އަހަރު ބައްޓަންކުރުން އެންމެ ބުއްދިވެރީ އިމްތިހާނުތައް ވީހާ ވެސް މަދުން ބޭއްވޭ ގޮތަށް ކިޔަވައިދިނުން ބަދަލުކޮށްގެން ކަމަށެވެ. އެގޮތަށް އިމްތިހާނުތައް ބޭއްވުމާ ގުޅޭ ގޮތުން މިނިސްޓްރީން މިހާރު ނިންމާފައި އޮތީ ލޯވަ ޕްރަމަރީގެ ދަރިވަރުން ޕޭޕަރުގައި އިމްތިހާނު ދިނުން ހުއްޓާލައި، ދެން ހުރި ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ ސެމިސްޓާއެއްގައި ފަހު އިމްތިހާނު ބާއްވާށެވެ. އެކަމަކު ޖޫނިއާ ހައި ސްކޫލް ނުވަތަ ސާނަވީ ގްރޭޑްތަކުގައި މިޓް-ޓާމް އިމްތިހާނު ބޭއްވޭނެ އެވެ.

އިމްތިހާނުތައް ބާއްވާ އުސޫލުތަކަށް ގެނައި ބަދަލާ އެކު ޕްރައިމަރީ އެއްވެސް ގްރޭޑަކަށް ރީޖަނަލް ނުވަތަ އިންޓަ-ސްކޫލް އިމްތިހާނުތައް ބޭއްވުމުގެ ހުއްދައެއް ވެސް ނޯންނާނެ އެވެ.

ޗައިނާގެ ދަރިވަރުންތަކެއް ކްލާހެއްގައި.

ޗައިނާގެ ދަރިވަރުންތަކެއް ކްލާހެއްގައި.

މިނިސްޓްރީން ބުނި ގޮތުގައި ޖޫނިއާ ހައި ސްކޫލްތަކުގައި ގްރެޖްއޭޓްނުވާ ދަރިވަރުންނަށް ވީކްލީ ޓެސްޓްތަކާއި ޔުނިޓް ޓެސްޓްތަކާއި މަންތުލީ އެގްޒޭމްތައް ވެސް ދެން ނުބޭއްވޭނެ އެވެ. ހަމަމިއާ އެކު އެކެޑެމިކް ރިސާޗްތަކަށް ކަމަށް ބުނެ ބާއްވާ އެކި ކަހަލަ އިމްތިހާނުތައް ބޭއްވުން ވެސް އާ އުސޫލުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.

"އިމްތިހާނުތަކަކީ ކިޔަވައިދިނުމުގެ ނިޒާމުގެ ވަރަށް މުހިއްމު ބައެއް. އެކަމަކު އުސޫލުތައް މިހާތަނަށް އޮތް ގޮތުން ގިނަ އިމްތިހާނު ދިރާސީ އަހަރެއްގެ ތެރޭފައި ދަރިވަރުން ހަދަން ޖެހުމަކީ އުފުލަން ޖެހިފައި އޮތް ވަރަށް ބޮޑު ބުރައެއް،" މިނިސްޓްރީން ބުންޏެވެ. "އަލަށް މި ގެންނަން ނިންމި ބަދަލުތަކަކީ ނިޒާމު ރަނގަޅުކުރަން ކުރެވޭ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް."

ޗައިނާގެ ދަރިވަރުންތަކެއް ކްލާހެއްގައި.

ޗައިނާގެ ދަރިވަރުންތަކެއް ކްލާހެއްގައި.

އިމްތިހާނުތައް ބާއްވާ އުސޫލުތަކަށް ގެނައި ބަދަލާ ގުޅިގެން އާންމުންގެ ތެރޭގައި މިހާރު ވަނީ މަސްހުނި ހިޔާލުތަކެއް އުފެދިފަ އެވެ. އެއް ބަޔަކު ވަނީ އިންތިހާނުތަކާ ނުލައި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. އަދި ބައެއް ވަނީ ސަރުކާރުގެ ނިންމުމަށް ތާއީދުކޮށް، ތައުލީމީ ދާއިރާ މިހާރު މިސްރާބު ހުރީ ރަނގަޅު ދިމާއަކަށް ބުނެފަ އެވެ.