އައްޑޫ ބަހުން ވާހަކަ ދެއްކުމަކީ ރީތި އަދި ފަހުރުވެރިވާ ކަމަކަށް އައްޑޫ މީހުންނަށް ވިޔަސް ޒަމާނަށް އައި ބަދަލުތަކާ އެކު، އެ އަށް ބަދަލުތަކެއް އަންނަ ކަން ހިރާ ސްކޫލްގެ ވެރިންނަށް ފާހަގަވި އެވެ. އައްޑޫ ބަހުން އައްޑޫ ކުދިން ވާހަކަ ދައްކާއިރު ކުށް ބަސް ބޭނުން ކުރުމާއި ދިވެހި ބަސް ނުވަތަ މާލޭ މަހާއި އައްޑޫ ބަސް އެއްކޮށްލައިގެން ވާހަކަ ދެއްކުން އާދައަކަށް ވި އެވެ. އިނގިރޭސި ބަހާއި އައްޑޫ ބަސް ވެސް އެއްކޮށްލައިގެން ވާހަކަ ދައްކަ އެވެ.
20 ޖުލައި 2025
އައްޑޫ ބަހުން ވާހަކަ ދެއްކުމަކީ ރީތި އަދި ފަހުރުވެރިވާ ކަމަކަށް އައްޑޫ މީހުންނަށް ވިޔަސް ޒަމާނަށް އައި ބަދަލުތަކާ އެކު، އެ އަށް ބަދަލުތަކެއް އަންނަ ކަން ހިރާ ސްކޫލްގެ ވެރިންނަށް ފާހަގަވި އެވެ. އައްޑޫ ބަހުން އައްޑޫ ކުދިން ވާހަކަ ދައްކާއިރު ކުށް ބަސް ބޭނުން ކުރުމާއި ދިވެހި ބަސް ނުވަތަ މާލޭ މަހާއި އައްޑޫ ބަސް އެއްކޮށްލައިގެން ވާހަކަ ދެއްކުން އާދައަކަށް ވި އެވެ. އިނގިރޭސި ބަހާއި އައްޑޫ ބަސް ވެސް އެއްކޮށްލައިގެން ވާހަކަ ދައްކަ އެވެ.
އެންމެ ކަންބޮޑުވި އެއް ކަމަކަށް ވީ އައްޑޫ މީހުން އެންމެ ކުރިއްސުރެ ބޭނުންކުރަމުން އައި ރީތި ބަސްތައް މިހާރުގެ ކުދިން ހަނދާ ނައްތާލުމެވެ. ނުވެސް އެނގެނީ އެވެ. އެހެންވެ، ހިރާ ސްކޫލުން އިސްވެ ހާއްސަ މަސައްކަތްތަކެއް ފެށި އެވެ. ވީޑިއޯގެ ޒަރީއާ އިން އެ ސްކޫލްގެ ކުދިން ހޭލުންތެރި ކުރުމެވެ. އައްޑޫގެ ރީތި ބަސްތައް ދަސްކޮށްދިނުމެވެ. އުވި ދިއުން ހުއްޓުވުމަށެވެ.
އިޔާ ބަނީ. މިޔާ ބަނީ. ކޮން ބަނީއަށް؟ ބަނީއަކީ އިނގިރޭސި ބަހަށް. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުން. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުުން. މީހަކާ އަންތަރީސް ނިވެނީ،
ހިރާ ސްކޫލުގެ ދަރިވަރުންތަކެއް، ގަސްތަކެއް ހިފައިގެން.-- ފޮޓޯ: ސްކޫލް
އެ ސްކޫލުގެ ފޭސްބުކް ޕޭޖުން ފުރަތަމަ އާންމުކުރި ވީޑިއޯގައި ދަސްކޮށްދިނީ މޭވާ ބިނުމާއި ކެނޑުމަށް އައްޑޫ ކުދިން ފަހަކަށް އައިސް ބޭނުންކުރާ އުޅޭ ގޯސް އަދި ރަނގަޅު ބަސްތަކެވެ. އެގޮތުން ބަނބުކެޔޮ ކެނޑުމާއި ފަޅޯ ބިނުމާއި ކާށި ރުކުން އެޅުމާއި ކާށި ބިނުން ކިޔައިދީފައިވެ އެވެ.
އެ ވީޑިއޯ 141،000 މީހުން ބަލާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އާ ވީޑިއޯއެއްގައި ގްރޭޑް 1ގެ ދެ ދަރިވަރަކު ކިޔާދީފައި ވަނީ ގަސް ޖަހާފައި ހުރި ޕޮޓެއް ގެންގޮސް ބަހައްޓާއިރު ބުނާނެ ގޮތެވެ.
"އެ ވީޑިއޯގައި އެއް ކުއްޖަކު މި ބުނަނީ ގަސް ޕޮޓެއް ހިފައިގެން ގޮސް، ގަސް ބަހައްޓާނީ ކޮން ތަނަކު ހެއްޔޭ؟ އައްޑޫ ބަހުން ބުނާ ނަމަ ބުނާނީ ގަސް ގެސް ބާނެއިއައު، މި ގަސް ބާނެއި. މިގަހާ ބާނެއި. އެކަމަކު މިހާރު ކުދިން މި ކިޔަނީ ބަނީ. އެއީ މުސަޅު، އެހެންވެ ފަހަތުން މުސަޅެއް ދައްކާފަ އެ އިނީ،" އެ ވީޑިއޯގައި ދައްކާ ވާހަކަ ދިވެހި ބަހަށް ބަދަލު ކޮށްދެމުން ހިރާ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވި އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވާއިރު މިހާތަނަށް 285،000 މީހުން ބަލާފައިވެ އެވެ.
އެ ހުރިހާ ވީޑިއޯއެއްގައި ވެސް އައްޑޫގެ ބަސްތައް ރަނގަޅަށް ކިޔައި ދިނުމުގައި ހަރަކާތްތެރިވަނީ ހިރާ ސްކޫލްގެ ކުދިންނެވެ. ވަރަށް ލޯބިކޮށް އަދި އަޑު އަހާ ހިތްވާ ގޮތަކަށް އެ ކުދިން އެ ވީޑިއޯގައި ބަސްތައް ކިޔައިދެ އެވެ.
"އިޔާ ބަނީ. މިޔާ ބަނީ. ކޮން ބަނީއަށް؟ ބަނީއަކީ އިނގިރޭސި ބަހަށް. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުން. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުުން. މީހަކާ އަންތަރީސް ނިވެނީ،" ތަންތަނުގައި އެއްޗެހި ބެހެއްޓުމަށް އައްޑޫ ބަހުން ބޭނުންކުރާ ބަސް ތަފުސީލް ކޮށްދެމުން ހިރާ ސްކޫލްގެ ކުޑަކުއްޖަކު ވީޑިއޯގައި ބުންޏެވެ.
ސިތާރާ "މިހާރު" އަށް ވިދާޅުވީ އައްޑޫ ބަހުން ވާހަކަ ދައްކާއިރު ރަނގަޅަށް ވާހަކަ ދެއްކުމަކީ އެ ސްކޫލުން އަބަދު ވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ.
"އައްޑޫ ބަހުގައި ކުށް ބަސްތައް އިތުރުވަމުން ދަނީ މި ފަހަކަށް އައިސް. ކުދިން ލައްވާ އެ ވީޑިއޯތައް ކުޅުވަން ފެށީމަ ސްކޫލު ތެރޭގައި ވެސް ވަރަށް ބޮޑަށް އެ ފެތުރި، ބަސް ބޭނުން ކުރާ ރަނގަޅު ގޮތް ކުދިންނަށް ކިޔާ،" މިހާރު ގިނަ ކުދިން ވާހގަކަ ދައްކަނީ އިނގިރޭސި ބަހުން ކަމަށާއި އައްޑޫ ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭކަން ފާހަގަ ކޮށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެހެންވެ އެ ކުދިން ލައްވާ މި ވީޑިއޯތައް ހަދަން ފެށީ."
ބުރާސްފަތި ދުވަހުގެ ވީޑިއޯގެ ނަތީޖާ ވަރަށް ބޮޑަށް ހާސިލްވި ކަމަށް ސިތާރާ ވިދާޅުވި އެވެ. ވަރަށް ގިނަ ބަޔަކު އެ ވާހަކަ ދައްކައި ސްކޫލް ތެރޭގައި ވެސް ކުށް ބަސްތައް ނުކިޔުމަށް ބާރު އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރާ ސްކޫލުގެ ދަރިވަރުންތަކެއް، ދިވެހި ކެއުމަކަށް ތައްޔާރުވެގެން.-- ފޮޓޯ: ސްކޫލް
"އެ ވީޑިއޯ ފެނި، އަޑު އިވުނީމާ އެންމެންނަށް ވެސް، ހާއްސަކޮށް ޒުވާން ކުދިންނަށް ވިސްނިއްޖެ ތިމަންނަމެންނަށް ވެސް މި ކިޔެނީ މިހެންކަން. ނުބައިކޮށް ކުށް ބަހެއްކަން. ނުބައިކޮށް ކިޔާ ކިޔާ އާންމުކޮށް ކިޔެނީ ވެސް ކުށްބަސްކަން މި އެނގުނީ،" އެ ވީޑިއޯ ވައިރަލްވި ސަބަބަކީ އެއީކަން ފާހަގަ ކުރައްވާ ޕްރިންސިޕަލް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯތަކުން އޭގެ މަގްސަދު ހާސިލްވިކަން ފާހަގަ ކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ ސްކޫލު ނިމިފައި ތިބި ޒުވާން ކުދިންނަށް ވެސް އެ ވީޑިއޯތަކުން އައްޑޫ ބަހުން ކިޔާ ރަނގަޅު ގޮތް އެނގުނު ކަމަށެވެ.
ސްކޫލުގެ އަމާޒަކީ އައްޑޫ ބަހާއި ދިވެހި ބަހުގެ ވެސް ކުށް ބަސްތައް ފާހަގަކޮށް، ކުދިންނަށް އޭގެ ރަނގަޅު ގޮތް ބުނެދިނުން ކަމަށް ސިތާރާ ވިދާޅުވި އެވެ.
ހިރާ ސްކޫލުގެ ދަރިވަރުންތަކެއް،.-- ފޮޓޯ: ސްކޫލް
އައްޑޫ ބަސް ދަސްކޮށްދިނުމުގެ އިތުރުން އައްޑޫ ބަހާއި ދިވެހި ބަހުގެ ހުރި ތަފާތާއި ދެ ބަހުގައި ކިޔާ ރަނގަޅު ގޮތް ބުނެދިނުމަށް ވެސް ހިރާ ސްކޫލުން ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ. ކުދިންގެ މެދުގައި އައްޑޫ ބަހުން ވާހަކަ ދައްކާ ކުށް ބަސްތައް ރަނގަޅު ކުރުމާއެކު ޓީޗަރުން ވެސް އެކަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ސްކޫލުން އަންނަނީ ކުރަމުންނެވެ.
ހިރާ ސްކޫލް ރާއްޖޭގެ އެހެން ސްކޫލުތަކާ އަބަދުވެސް ތަފާތެވެ. ދެހާސް ދިހަ ވަނަ އަހަރު 50 ކުދިންނާ އެކު ފެށި އެ ސްކޫލްގައި މިހާރު 380 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ. އައްޑޫގެ ހުރިހާ ސްކޫލަކާ އަޅާބަލާއިރު ކިޔަވައިދޭ މާހައުލާއި ކިޔަވައިދިނުމުގެ ވައްޓަފާޅި ވެސް ތަފާތެވެ. އައްޑޫ ބަހުގެ ކުށް ބަސްތައް ރަނގަޅު ކޮށްދިނުމަށް މި ފެށި ޕްރޮގްރާމަކީ ވެސް ހިރާ ސްކޫލުން ކުރި ތަފާތު ކަމެކެވެ.
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ވެކްސިން ނުދީ ވައްދާ ސްކޫލެއް އެބަހުރި: ޑރ.ފައިސަލް
އަދަބިއްޔާތު މާއްދާ އިން ޝައުގުވެރިކަން ބޮޑުކުރާނެ
އިނގިރޭސި މާއްދާ އަށް މޮޅީ ސިޓީތަކުގެ ދަރިވަރުން
ދިވެހި ބަހަށް މޮޅުކުރެވިދާނެ
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް