24 އޯގަސްޓް 2019
ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓަށް އަރާ މީހުންނާއި އަރަން މަސައްކަތްކުރާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން، އެ ފަރުބަދަ ހުރި ނޭޕާލަށް އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބުނަސް، އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ގުޅިފައި ވަނީ ވެސް އެވަރެސްޓް ފަރުބަދާއާ އެ އެވެ. އެއީ ކުނީގެ މައްސަލަ އެވެ. ވަކިން ހާއްސަކޮށް ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓަށް އަރާ މީހުންނާއި އަރަން މަސައްކަތްކުރާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން، އެ ފަރުބަދަ ހުރި ނޭޕާލަށް އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބުނަސް، އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ގުޅިފައި ވަނީ ވެސް އެވަރެސްޓް ފަރުބަދާއާ އެ އެވެ. އެއީ ކުނީގެ މައްސަލަ އެވެ. ވަކިން ހާއްސަކޮށް ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އެވެ.
މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ނޭޕާލުން މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެވަރެސްޓް ފަރުދަބަ އަށް އެރުމުގަ އާއި އެ ސަރަހައްދުގައި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް މަނާކުރަން ނިންމައިފަ އެވެ.
އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނިގޮތުގައި އެވަރެސްޓް ފަރުދަބަދާ އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުއް މިހާރު ވެފައި ވަނީ ޕްލާސްޓިކްގެ ކުނިގޮނޑަކަށެވެ.
އެހެންވެ މިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެ ސަރަހައްދުގައި މަނާކުރަން ނިންމުމާ އެކު، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެކި ކަހަލަ ބުއިންތަކާއި ކާނާގެ ބާވަތްތައް ވެސް ވިއްކުން މަނާކުރާނެ އެވެ.
އެވަރެސްޓް ފަރުދަބައިގެ ބޮޑުބައެއް ފެތުރިފައި އޮންނަ ކުމްބޫ ޕަސަންގް ޅާމޫ މުނިސިޕަލްޓީގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު ގަނޭޝް ގިމިރީ މިކަމާ ބެހޭ ގޮތުން ވިދާޅުވި ގޮތުގައި ޕްލާސްޓިކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ރައްކާތެރި ކުރިމަގެއް ނެތެވެ. އެހެންވެ ނޭޕާލުން މިކަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިކަމާ ގުޅޭ ގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރެވެމުން،" އޭނާ ވިދާޅުވި އެވެ. "ޕްލާސްޓިކާ ދެކޮޅަށް އެބަޖެހޭ އަވަސް ހައްލުތަކެއް ހޯދަން."
ގަނޭޝް ވިދާޅުވި ގޮތުގައި މީގެ 20 އަހަރު ކުރިން 1999 ގައި ވެސް އެވަރެސްޓް ފަރުދަބަ ސަރަހައްދުގައި ޕްލާސްޓިކް މަނާކުރި އެވެ. އެކަމަކު އެކަން އެދެވޭ ގޮތަކަށް ތަންފީޒުނުކުރެވުމުން މައްސަލަ ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"ހަރުދަނާ އުސޫލުތަކެއް ހަމަޖައްސައި ޕްލާސްޓިކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "މި ފަހަރު މިކަން އެހާ ދޯދިޔާކޮށް ގެންދިއުމުގެ ބަދަލުގައި ވަރަށް ވެސް ރަނގަޅު އުސޫލުތަކެއްގެ ދަށުން ކުރިއަށް ގެންދާނީ."
Mount Everest ves kunigondakah
The most trusted news source in the Maldives
Mihaaru
ެއެވަރެސްޓް ފަރުބަދަ އާއި އެ ސަރަހައްދު ގޮނޑުކުރާ މައްސަލަ ބޮޑު.
އެވަރެސްޓަށްދާ މީހުން އުކާލާ ކުނިބުންޏާ ނޭލާޕުން ހަނގުރާމަ ކުރަމުން އަންނަ އިރު، މި އަހަރުގެ މެއި މަހުގެ ތެރޭގައި ބަޔަކު ވޮލާންޓިއާކޮށް ހިންގި ސާފުކުރުމުގެ ޕްރޮގްރާމެއްގައި ވެސް އެވަރެސްޓުން ތިން މެޓްރިކް ޓަނުގެ ކުނި ނަގާފައިވެ އެވެ. އޭގެ ތެރޭގައި ދަޅާއި ފުޅިއާއި އެކި ބާވަތުގެ ޕްލާސްޓިކާއި ފަރުބަދަ އަށް އަރަން ބޭނުންކުރާ އެކި ޒާތުގެ ހަލާކުވެފައިވާ އާލާތްތައް ހިމެނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް 150،000 މީހުން އެވަރެސްޓް ފަރުބަދަ އަށް ޒިޔާރަތްކުރެ އެވެ.
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ބަރަވެއްޔަށް ވެސް ޕްލާސްޓިކް ނޫން ގޮތެއް ބޭނުންވެއްޖެ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ކޮކަ ކޯލާ އިން ކަރުދާސްފުޅި ޓެސްޓްކުރަނީ
ކަނޑުން ޕްލާސްޓިކް މަދުކުރަން ޕްރޮގްރާމެއް ފަށައިފި