13 ސެޕްޓެމްބަރ 2021
ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލުތަކަށް އަމާޒުކޮށްގެން ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ވ. ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.
ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލުތަކަށް އަމާޒުކޮށްގެން ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ވ. ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.
އެ ސްކޫލްގެ ދަރިވަރުން އިއްޔެ ވަނީ 12،000 ކިލޯ އަށް ވުރެ ގިނަ ޕްލާސްޓިކު ކިރައި އެ ޗެލެންޖް ފުރިހަމަކޮށްގެން ހަދިޔާއަކަށް އައުޓްޑޯ ސައުންޑް ސިސްޓަމެއް ހޯދައިފަ އެވެ.
ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޗެލެންޖުގައި ބަލަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށް އަދި ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށެވެ. މި ޗެލެންޖުގެ ކޮންމެ މަރުހަލާއެއްގައި ޕޮއިންޓް ދޭ ގޮތަށް ވަކި ޓާގެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެންމެ ފުރަތަމަ އެ ޓާގެޓް ހާސިލުކުރާ ސުކޫލަކަށް، އެ މަރުހަލާއަކުން އެއް ވަނަ ލިބޭނެ އެވެ.
މި ޗެލެންޖުގެ ދަށުން ފުރަތަމަ މަރުހަލާގައި ކެޔޮދޫ ސްކޫލްގެ ދަރިވަރުން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 12،795 ކިލޯގެ ޕްލާސްޓިކު އެއްކޮށްފަ އެވެ. އެ ސްކޫލަށް ޕޮއިންޓް ގިނައިން ލިބުނު އިތުރު ކަންކަމުގެ ތެރޭގައި ޕްލާސްޓިކާ ދެކޮޅަށް ކޮށްފައިވާ ގިނަ މަސައްކަތްތައް ވެސް ހިމެނެ އެވެ.
ޖެނުއަރީގައި ފެށި މި ޗެލެންޖުގެ މަގުސަދަކީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމާއި ކުނީގެ ގޮތުގައި ވެއްޓަށް ޕްލާސްޓިކް ދިޔަނުދީ ހިފެހެއްޓުމުގެ އިތުރުން ޕްލާސްޓިކާ ނުލައި ކަންކަން ކުރެވޭނެ ގޮތަކަށް ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ހިތްވަރުދިނުމެވެ.
ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމަށް ރާއްޖޭގެ ސްކޫލްތަކުގައި, ޕަރލޭ މޯލްޑިވްސް އިން ހިންގާ "އެއަރ ޗެލެންޖް" ޙަރަކާތުގެ ފުރަތަމަ މަރުހަލާ އެންމެ ފުރަތަމަ ކާމިޔާބު ކުރީ އަޅުގަނޑުމެން ސްކޫލުން، @aisthly @parleymv @MoEdumv pic.twitter.com/fbIhqbwzRh
— Keyodhoo School ކެޔޮދޫ ސްކޫލް (@keyodhuschool) September 12, 2021
މި އިނާމު ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
ކެޔޮދޫ އަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ވަނީ އެ ރަށުގެ ސްކޫލާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ޕާލޭ އިން އިންތިޒާމުކޮށްގެން އިއްޔެ ވަނީ ކެޔޮދޫ ސްކޫލްގެ ދަރިވަރުންނަށް ސްނޯކްލިން އިވެންޓެއް ވެސް ބާއްވައިފަ އެވެ. މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި މި އިވެންޓުގައި ސްނޯކްލިން އަށް ދިޔައީ މިހާރު ވަރަށް މަޝްހޫރު ސައިޓެއް ކަމަށްވާ ކެޔޮދޫ ކައިރިން އަޑިއަށް ގޮސްފައި އޮންނަ ބޯޓު ކައިރިއަށެވެ.
ރީޔޫސަބްލް ފުޅި ދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި
މިނިސްޓަރު ވެސް ބިރުކަނޑާލައިފައި ފީނަން!
ގުރުއާން ކުލާސްތަކުގެ ޓީޗަރުން ވެސް ރަޖިސްޓްރީވާން ޖެހޭ
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕާލޭގެ ސާފުކުރުމުގެ ބޮޑު ހަރަކާތް މުޅި ރާއްޖޭގައި
"ފާސްވާ ކުދިން މަދުވީ ހިސާބު ޖަހާގޮތް ބަދަލުކުރުމުން"
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން