Roadha Mihaaru
ގުރުއާން ކުލާސްތަކުގެ ޓީޗަރުން ވެސް ރަޖިސްޓްރީވާން ޖެހޭ

ގުރުއާން ކުލާސްތަކުގެ ޓީޗަރުން ރަޖިސްޓްރީކުރަން ވެސް ގާނޫނުގައި ހިމަނަން މިނިސްޓަރު އެދިވަޑައިގެންފި

20 ޖުލައި 2020

ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ތައުލީމީ ބިލުގައި އޮތް މާއްދާ އަށް ގުރުއާން ކްލާސްތައް ވެސްް އިތުރުކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ތައުލީމީ ބިލުގައި އޮތް މާއްދާ އަށް ގުރުއާން ކްލާސްތައް ވެސްް އިތުރުކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.

ތައުލީމީ ބިލުގެ ކޮމިޓީ މަރުހަލާ ނިންމުމަށް ޓަކައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަަރު ވިދާޅުވީ ރަޖިސްޓްރީވެ، ލައިސަންސް ހޯދަން ޖެހޭނީ ތައުލީމީ ބިލުގެ 38 ވަނަ މާއްދާގެ (ށ) ގައި ސްކޫލްތަކުގެ ޓީޗަރުން ކަމަށް އޮތް އޮތުން ބަދަލުކޮށް ގުރުއާން ކްލާސްތައް ވެސް އެ މާއްދާގައި ހިމަނަން އެދިވަޑައިގަންނަވާ ކަމަށެވެ.

ތައުލީމުގެ ބިލުގެ 38 ވަނަ މާއްދާގައި އޮތް ގޮތުން އެ ބިލް ގާނޫނަކަށް ވާތާ ތިންް މަސްދުވަހުގެ ތެރޭގައި ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެެ މާއްދާގެ (ށ)ގައި މިހާރު އޮތީ ސްކޫލް ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންްސް ދިނުމުގެ އުސޫލެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

"ތިރީސް ފަސް ވަނަ މާއްދާ އަށް އިތުރުކޮށްލަން އަޅުގަނޑު ހުށަހަޅަން ގުރުއާން ކްލާސްތައް. ގުރުއާން ކްލާސްތައް ހިމެނިފައި ނެތީމާ،" އައިޝަތު އަލީ ވިދާޅުވި އެވެ.

ތައުލީމީ ބިލަށް ގެންނަން އެޑިއުކޭޝަނުން މިއަދު ހުށަހެޅި އެހެން ބަދަލުތަލުތަަކުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަަވައިދުތައް ހަދަން މިހާރު ދީފައިވާ ހަމަސްް ދުވަހުގެ ބަދަލުގައި އެ މުއްދަތު އެއް އަހަރަށް ދިގުކުރުން ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ ހަދަން ޖެހޭ ބައެއް ގަވައިދުތަކަށް ބޭނުންވާ ފަަންނީ ގާބިލުކަން މިނިސްޓްރީގައި ނެތް ކަމަށާއި ބައެއް ކަންތައްތަައް އައުޓްސޯސް ވެސް ކުރަން ޖެހޭ ކަމަށެވެ.

"ހަމަސް ތަންކޮޅެއް ކުރު. އެއީ ވަރަށް ގިނަ އުސޫލުތަކަކާއި ގަވައިދުތަކެއް، ހަގީގަތުގައި އެކްސްޕަޓީސް ވެސް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެން ޖެހޭނީ ބައެއް އެއްޗިހި އައުޓްސޯސް ކުރަން،" އައިޝަތު އަލީ ވިދާޅުވިި އެވެ.

ތައުލީމީ ބިލުގައި އެޑިއުކޭޝަން މިނިސްޓްރީން ހަދަން ކަނޑަައަޅާފައިވާ ގަަވައިދުތަކާއި އުސޫލްތައް ހެދުމަށް ފަހު ސްކޫލްތަކާއި ތައުލީމު ދޭ އެހެން ތަންތަން އެ ގަވައިދުތަކުގެ ދަށުން އަލުން ރަޖިސްޓްރީވާން ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން ވެސް އޭނާ ހުށަހެޅުއްވި އެވެ.

ތައުލީމީ ބިލަށް މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ހިޔާލު ވަނީ ހޯދައިފަ އެވެ. އެ ބިލަށް މަޖިލީހުން އާއްމުންގެ ހިޔާލުވެސް ފުޅާ ދާއިރާއެއްގައި ހޯދި އެވެ. ބިލް ދިރާސާ ކުރާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްްދުﷲ މިއަދު ވިދާޅުވީ ބިލް ދިރާސާކޮށް ރިޕޯޓް ފައިނަލް ރިޕޯޓް ތައްޔާރު ކުރެވޭ ވަރަށް ބިލުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.