Roadha Mihaaru

ކަރަންޓީނުވާން ޖެހި ކްރޫޒަށް ސީޒަން ނިމުމުގެ ބިރު

މެޑްރިޑް (15 މެއި) - ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވުމުން، ރެއާލް މެޑްރިޑް މިޑްފީލްޑާ ޓޯނީ ކްރޫޒް ކަރަންޓީނުވާން ޖެހިއްޖެ އެވެ.

ކަރަންޓީން ވާން ޖެހި ކްރޫޒަށް ސީޒަން ނިމުމުގެ ބިރު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 މެއި 2021

މެޑްރިޑް (15 މެއި) - ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވުމުން، ރެއާލް މެޑްރިޑް މިޑްފީލްޑާ ޓޯނީ ކްރޫޒް ކަރަންޓީނުވާން ޖެހިއްޖެ އެވެ.

މި މަހު ނިމޭ ސްޕެނިޝް ފުޓްބޯޅަ ސީޒަންގައި ރެއާލަށް ބާކީ އޮތީ ދެ މެޗެވެ. އަދި އެ ދެ މެޗަކީ ލީގު ޗެމްޕިއަންކަމާ ގުޅިފައިވާ ދެ މެޗެވެ.

އިއްޔެ ހެދި ކްރޫޒްގެ ޓެސްޓް ވަނީ ނެގެޓިވް ވެފަ އެވެ. ނަމަވެސް އޭނާ ހުރީ ކަރަންޓީންގަ އެވެ. މާދަމާ އެތުލެޓިކް ކްލަބު ބިލްބާއޯ އާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ. ލީގުގެ ފަހު މެޗުގައި އަންނަ ހަފުތާގައި ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ކްރޫޒަށް ބައިވެރި ވެވިދާނެތޯ ބުނާކަށް ނޭނގެ އެވެ.

އޭނާ އަލުން ބޭރަށް ނުކުތުމުގެ ކުރިން ކޮވިޑްގެ އިތުރު ޓެސްޓެއް ހަދާނެ އެވެ. ނެގެޓިވް ވެއްޖެ ނަމަ އޭނާ ކަރަންޓީނުން ވީއްލޭނެ އެވެ.

ޖަރުމަންގެ މިޑްފީލްޑާ މި ސީޒަންގައި ވަނީ. ރެއާލްއަށް 28 މެޗު ކުޅެފަ އެވެ. ޒައިނުއްދީން ޒިދާންގެ މިޑްފީލްޑްގައި އެންމެ ގިނަ ކުޅުވި އެއް ކުޅުންތެރިޔަކީ ކްރޫޒް އެވެ.