02 ނޮވެމްބަރ 2022
ރިޓަޔާކުރާނީ ރެއާލް މެޑްރިޑުގައި ކަމަށާއި އެކަމަކު އެއީ ކޮން އިރަކު ކަމެއް ނޭގޭ ކަމަށް އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.
ރިޓަޔާކުރާނީ ރެއާލް މެޑްރިޑުގައި ކަމަށާއި އެކަމަކު އެއީ ކޮން އިރަކު ކަމެއް ނޭގޭ ކަމަށް އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ވަނީ މި ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓް ހަމަވުމާ އެކު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފަ އެވެ.
އެކަމަށް ބާރު ލިބެނީ ޒުވާން އުމުރެއްގައި، މިދިޔަ އަހަރު އޭނާ ގައުމީ ޓީމަށް ވެސް ކުޅުން ހުއްޓާލާފައިވުމުންނެވެ.
އެ ރިޕޯޓްތަކާ ގުޅޭ ގޮތުން ކްރޫސް ބުނީ އެ ވާހަކަތައްވީ ހެއްވާ ވާހަކައަށް ކަމަށާއި ސަބަބަކީ ކުރިމަގާ ގުޅޭ ގޮތުން އޭނާ ވެސް އަދި ގޮތެއް ނިންމާފައި ނުވުމެވެ.
"ޖިސްމާނީ ގޮތުން އަހަރެން މިހިރީ ރަނގަޅު ހާލަތެއްގައި. ދަނޑުމަތީގައި ހުރިހާ ކަމެއް ދަނީ ރަނގަޅަށް. އަހަރެން މިހިރީ ވަރަށް އުފަލުން،" މިވަގުތު ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް އިޝާރާތްކޮށް ކްރޫސް ބުންޏެވެ.
އޭނާ ބުނީ އެކަމާ މެދު ވިސްނާނީ އަންނަ އަހަރު ނުވަތަ ކުރިއަށް އޮތް ވޯލްޑް ކަޕް ބްރޭކުގައި ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނާ ވާހަކައަކީ އަދި ބަދަލުނުވެ އޮތް ހަގީގަތަކީ އަހަރެން ކްލަބް ބަދަލުނުކުރާނެކަން. އަހަރެން އަބަދުވެސް ހުންނާނީ މި ކްލަބުގައި. އަހަރެން ރިޓަޔާކުރާނީ މި ކްލަބުގައި. އެކަމަކު ނޭގެނީ އެއީ ކޮން އިރަކު ކަމެއް،" ކްރޫސް ބުންޏެވެ.
ބަޔާން މިއުނިކުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް ވެސް ކުޅުނު ކްރޫސް ރެއާލްއާ ގުޅުނީ 2014 ގަ އެވެ. އޭނާ ވަނީ ރެއާލާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި އެވެ.
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ
ކަރަންޓީން ވާން ޖެހި ކްރޫޒަށް ސީޒަން ނިމުމުގެ ބިރު
ފީފާ އާއި ޔުއެފާ އަށް ކްރޫސް ފާޑުކިޔައިފި
ކްރޫޒަށް އަނިޔާވެ މެޑްރިޑަށް އިތުރު މައްސަލަތަކެއް
ރޮނާލްޑޯ ނެތްތަން ފޫބައްދަން އުނދަގޫވާނެ: ކްރޫސް
ރެއާލް މެޑްރިޑުން ކްރޫސް ވިއްކާލަނީ؟
ބަޔާނަށް ވުރެ ރެއާލް ވަރުގަދަ: ކްރޫސް
ކްރޫސް އަށް ޔޫވޭ އިން 93 މިލިއަން ޑޮލަރުގެ ބިޑެއް