13 ނޮވެމްބަރ 2020
މިއުނިކް (ނޮވެމްބަރު 13) - ބައިނަލްއަގުވާމީ މުބާރާތްތައް ރާވައިގެން މެޗުތައް ޝެޑިއުލްކުރާ ގޮތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ޔުއެފާ އާއި ފީފާ އަށް ފާޑުކިޔައިފި އެވެ.
މިއުނިކް (ނޮވެމްބަރު 13) - ބައިނަލްއަގުވާމީ މުބާރާތްތައް ރާވައިގެން މެޗުތައް ޝެޑިއުލްކުރާ ގޮތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ޔުއެފާ އާއި ފީފާ އަށް ފާޑުކިޔައިފި އެވެ.
ޔުއެފާ ނޭޝަންސް ލީގު މިހާރު ކުޅެމުން އަންނައިރު ފީފާ އާއި ޔުއެފާގެ އެހީތެރިކަމާ އެކު ޔޫރަޕިއަން ސުޕަ ލީގެއް ތައާރަފްކުރުމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ. ޖަރުމަނުގެ ޕޮޑްކާސްޓް ޝޯއެއްގައި ވާހަަކަ ދައްކަމުން ކްރޫސް ބުނީ މެޗުތައް ޝެޑިއުލްކުރާ މީހުން ކުޅުންތެރިންނާ މެދު ނުވިސްނާ ކަމަށެވެ.
"އެންމެ ފަހުގެ ކަމަކަށް ފެންނަން އޮންނާނީ އަހަރެމެން ކުޅުންތެރިންނަކީ ޔުއެފާ އާއި ފީފާ އިން މި ތައާރަފްކުރާ މުބާރާތްތަކުގެ ޕަޕެޓުން ގޮތަށް. އެއްވެސް ބަޔަކު އަހަރެމެން ދެކޭ ގޮތެއް ނޫނީ އެހެން ކަމަކާ މެދު ނުވިސްނާނެ،" ޖަރުމަނު ގައުމީ ޓީމާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކްރޫސް ބުންޏެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޫސް ބުނީ ކުޅުންތެރިންގެ އިހުތިޔާރުގައި ބަސް ބުނުމުގެ ފުރުސަތެއް އޮންނަނަމަ ނޭޝަންސް ލީގާއި ސައުދީ އަރަބިއްޔާގައި ބާއްވާ ސްޕެނިޝް ސުޕަ ކަޕް އަދި 20 ޓީމަށް ވުރެ ގިނައިން ޓީމުތައް ބައިވެރިކޮށްގެން ކުޅެން ރާވާފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށެވެ.
"މި މުބާރާތްތަކުގެ ފައިދާ އޮތީ މާލީ ގޮތުން ޓީމުތަކަށް. ނަފްސާނީ ގޮތުންނާއި ފިޒިކަލީ ކުޅުންތެރިންނަށް ހުރިހާ ގެއްލުމެއް،" ކްރޫސް ބުންޏެވެ.
ޔޫރަޕްގެ ވަރުގަދަ 18 ޓީމެއް އެކުވެގެން ތައާރަފްކުރާ ސުޕަ ލީގަކީ ވަރަށް ޝައުގުވެރި މުބާރާތަަކަށް ވެދާނެ ކަމަށާއި މައްސަލަ އަކީ އެ މުބާރާތްތަކުގެ ފަހަތުގައި ވެސް މާލީ މަންފާ ހޯދުން އޮތުން ކަމަށް ކްރޫސް ބުންޏެވެ.
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ސްޕެއިން މެޗަކީ ރިޓަޔާ ކުރާ މެޗަކަށް ނުވާނެ: ކްރޫސް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ
ރިޓަޔާކުރާނީ ރެއާލް މެޑްރިޑުގައި: ކްރޫސް
ކަރަންޓީން ވާން ޖެހި ކްރޫޒަށް ސީޒަން ނިމުމުގެ ބިރު
ކްރޫޒަށް އަނިޔާވެ މެޑްރިޑަށް އިތުރު މައްސަލަތަކެއް
ރޮނާލްޑޯ ނެތްތަން ފޫބައްދަން އުނދަގޫވާނެ: ކްރޫސް
ރެއާލް މެޑްރިޑުން ކްރޫސް ވިއްކާލަނީ؟