03 ޖޫން 2024
މެޑްރިޑް (ޖޫން 3) - ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ކުޅުން ހުއްޓާލަން ނިންމައިގެން ހުރި ޓޯނީ ކްރޫޒްގެ ނިންމުން ބަދަލުކުރަން، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އިލްތިމާސްކޮށްފި އެވެ.
މެޑްރިޑް (ޖޫން 3) - ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ކުޅުން ހުއްޓާލަން ނިންމައިގެން ހުރި ޓޯނީ ކްރޫޒްގެ ނިންމުން ބަދަލުކުރަން، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އިލްތިމާސްކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު ކްރޫޒް ވަނީ ކްލަބް ފުޓްބޯޅައިން ރިޓަޔާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ޔޫރޯގައި ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުމަށް ފަހު އެކީއެކައްޗަށް ފުޓްބޯޅަ ކުޅުން ހުއްޓާލަން އުމުރުން 34 އަހަރުގެ ކްރޫޒް ވަނީ ނިންމައިފަ އެވެ.
ބޮރޫޝިއާ ޑޯޓްމެންޑް ބަލިކޮށް ރެއާލް އަށް 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިނުމުގައި ރެއާލްގެ ފުރަތަމަ ލަނޑު ޑެނީ ކާވަހާލް ޖެހީ ކްރޫޒް ނަގައިދިން ކޯނަރުންނެވެ.
އަންޗެލޮޓީ ބުނީ ކްރޫޒްގެ ހިދުމަތް ރެއާލްގެ ސަޕޯޓަރުން އެންމެ ފުރިހަމަ އަށް ބަލައިގަންނަ ކަމަށެވެ.
"ކްރޫޒްގެ މަސައްކަތް އަަހަރެން ވަރަށް ބަލައިގަންނަން. އޭނާ ކެރިއާ އެ ނިންމާލަނީ އެންމެ މަތީ ފެންވަރުގައި. މި އަށްވުރެ މަތީ ފެންވަރުގައި ހުރެ ދެން ނިންމާ ނުލެވޭނެ. ކެރިއާ ނިންމާލުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަ ހުރި،" އަންޗެލޮޓީ ބުންޏެވެ.
"އޭނާ އަކީ މި ކްލަބްގެ ލެޖެންޑެއް. މި ކްލަބްގެ ސަޕޯޓަރުން އޭނާއާ މެދު ފަހުރުވެރި ވޭ. އޭނާގެ މަސައްކަތުގެ ރޫހާއި އޭނާގެ ޕްރޮފެޝަނަލިޒަމްގެ މައްޗަށް. އަހަރެން އޭނާ ގާތު ބުނެފިން އޭނަގެ ނިންމުން ބަދަލުކުރާނެ ކަމަށް އަހަރެމެން މިތިބީ މަޑުކޮށްގެންނޭ. އަހަރެމެން މިތިބީ ކަލޭގެ އިންތިޒާރުގައޭ."
ކިލިޔަން އެމްބާޕޭ، މި ހަފުތާގައި ރެއާލް އަށް ސޮއި ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު އަންނަން ހުރި ކުޅުންތެރިޔެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަންޗެލޮޓީ އިސްކަން ދިނީ މިހާރު ތިބި ކުޅުންތެރިން ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ.
"މުހިންމު ކުޅުންތެރިޔަކު ގެއްލިގެން އެދަނީ. އޭނާ ނެތްތަން ފޫބެއްދުމަށް މިހާރު ތިބި ކުޅުންތެރިންނާ މެދު ވިސްނަން ޖެހޭ. އެ މަގާމު ފޫބައްދަން ތަފާތުގޮތަކަށް ކުޅެން މަސައްކަތް ކުރަން ޖެހޭނެ. މޮޅު ކުޅުންތެރިންނާއި ވާދަވެރި ކަމާ އެކު އެންމެ މަތީ ފެންވަރުގައި ކުޅެވޭނެ ވަސީލަތްތައް އެބަ ހުރި،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
ސައުދީގެ ބިޔަ ހުށަހެޅުންތަކުން ރެއާލަށް ބިރެއް ނެތް
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ބެލިންހަމް ފޯނު ނުނަގައިގެން އަންޗެލޮޓީ ރުޅިގަދަވެއްޖެ
ރެއާލުން ނިންމީ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
އަންޗެލޮޓީއާ ދެކޮޅަށް ޖަލު ހުކުމުގެ ދައުވާއެއް
ނަތީޖާ އަނބުރާލަން ރެއާލްގެ އުކުޅު އަންޗެލޮޓީގެ ދުލުން