09 ނޮވެމްބަރ 2024
މެޑްރިޑް (ނޮވެމްބަރު 9) – ކޯޗުކަމުން ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެ އަށް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މެޑްރިޑް (ނޮވެމްބަރު 9) – ކޯޗުކަމުން ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެ އަށް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ފްރާންސްގެ ކުޅިވަރު ނޫސް، "ލި ކީޕް" އަށް ދިން އިންޓަވިއުގައި އިޓަލީގެ ކޯޗު ބުނީ އަދި ރިޓަޔާ ކުރަން އޭނާ ނުވިސްނާ ކަމަށެވެ. ރިޓަޔާ ކުރާނީ ކޯޗުކަން ކުރުން ހުއްޓާލަން އޭނާގެ އާއިލާ ވެސް ބުނާ ދުވަހަކުން ކަމަށެވެ.
މިލާން އާއި ޗެލްސީގައި ކާމިޔާބު ހޯދި އަންޗެލޮޓީ ބުނީ ކޯޗުގެ ގޮތުގައި އޭނާ މަސައްކަތް ކުރަން އަދި ވެސް އޭނާގެ އަންހެނުން ބޭނުންވާ ކަމަށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ފަސް ގައުމުގެ ޑޮމެސްޓިކް ލީގު ކާމިޔާބު ކުރި ހަމައެކަނި ކޯޗުގެ ޝަރަފު ހާސިލު ކުރި އަންޗެލޮޓީ ބުނީ އޭނާ ރިޓަޔާ ކުރަން ޖެހުނަސް ދެރައެއް ނުވާނެ ކަމަށެވެ. އޭނާ ރިޓަޔާ ކުރާ ދުވަސް ވަނީ ހާއްސަ ދުވަހަކަށް ކަމަށެވެ.
"އަހަންނަށް ޔަގީންވާ ކަމަކީ އަހަރެން ރިޓަޔާ ކުރާ ދުވަހަކީ ވަރަށް އުފާވެރި ދުވަހަކަށް ވާނެކަން. އަހަރެން ވަރަށް ގިނަ ތަންތަން ބަލަން އެބަހުރި. މިސާލަކަށް އާޖެންޓީނާ، ދިވެހިރާއްޖެ، އޮސްޓްރޭލިއާ، ދަތުރުކުރަން އަހަރެން ބޭނުން،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ އޭނާގެ ދަރިފުޅު، ޑޭވިޑް އަންޗެލޮޓީ ހެޑް ކޯޗަކަށްވެ، ޓީމެއްގައި މަސައްކަތް ކުރާތަން ދެކެން ބޭނުންވާ ކަމަށެވެ. ޑޭވިޑް މިހާރު މަސައްކަތް ކުރާނީ އޭނާގެ ބައްޕަގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ރެއާލްގަ އެވެ.
"އަހަރެންގެ ފަސް ދަރިން އެބަތިބި. އަހަރެންގެ ފިރިހެން ދަރިފުޅު [ޑޭވިޑް އަންޗެލޮޓީ] މިތާ [މެޑްރިޑް] ގައި. ރިޓަޔާ ކުރުމަށް ފަހު ވެސް ފަހަރެއްގައި އަހަރެންނަށް ޓީމެއް ތަމްރީނު ކުރަން އެހީ ވެވިދާނެ. އަހަރެން އޭނާގެ ފަހަތުން ގޮސް އޭނާއަށް ޕްރެޝަރު ކުރާނަން: 'ތި ކުރަނީ ކީއްހެއްޔޭ؟' ކިޔާފަ. އަހަރެން ރިޓަޔާ ކުރާ ދުވަހު ދެރައެއް ނުވާނެ."
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
ސައުދީގެ ބިޔަ ހުށަހެޅުންތަކުން ރެއާލަށް ބިރެއް ނެތް
ބެލިންހަމް ފޯނު ނުނަގައިގެން އަންޗެލޮޓީ ރުޅިގަދަވެއްޖެ
ރެއާލުން ނިންމީ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
އަންޗެލޮޓީއާ ދެކޮޅަށް ޖަލު ހުކުމުގެ ދައުވާއެއް
ނަތީޖާ އަނބުރާލަން ރެއާލްގެ އުކުޅު އަންޗެލޮޓީގެ ދުލުން
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ