28 ނޮވެމްބަރ 2017
މެޑްރިޑް (ނޮވެމްބަރު 28) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ވިއްކާލުމަށް އެ ކްލަބުގެ ބޯޑުން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (ނޮވެމްބަރު 28) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ވިއްކާލުމަށް އެ ކްލަބުގެ ބޯޑުން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ކްރޫސް އަކީ ފާއިތުވި ތިން އަހަރު ރެއާލުގެ މެދުތެރޭގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއާ އެވެ. އަދި އެ ޓީމުން މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި ކްރޫސްގެ ހިއްސާ ބޮޑެވެ. ހާއްސަ ގޮތެއްގައި ޗެމްޕިއަންސް ލީގުގައި މެޑްރިޑުން ކާމިޔާބު ހޯދީ ކްރޫސްގެ ބޭނުން ވަރަށް ބޮޑަށް ހިފައިގެންނެވެ.
ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގަންނަން ރެއާލުން މަސައްކަތް ކުރިއިރު ވެސް ވަނީ ކްރޫސް ވިއްކާލަން އުޅެފަ އެވެ. އެހެން ނަމަވެސް އޭރު މެޑްރިޑުން ކްރޫސް ވިއްކަން ބޭނުންވި އަގު ބޮޑުވުމުން އެއްވެސް ކްލަބަކުން އެކަމަށް އެއްބަސްނުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން ކްރޫސް ވިއްކާލަން ރެއާލުގެ ބޯޑުން މަޝްވަރާކުރީ ޒުވާން ކުޅުންތެރިންނަށް ގިނައިން ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި ގޮތުން މާކޯސް ލޮރެންޓޭ، ޑެނީ ސަބާޔޯސް އަދި މަޓެއޯ ކޮވަޗިޗް އަށް ކުޅުމުގެ ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. އެއީ ރެއާލުން ގިނައިން ބޭނުންކުރަނީ ލޫކަ މޮޑްރިޗާއި ކަސެމީރޯ އަދި ކްރޫސް އެވެ.
ރެއާލުން ވަނީ ޖެނުއަރީ މަހު އިތުރު ކުޅުންތެރިން އެ ޓީމަށް ގަންނާނެ ކަމަށް ބުނެފަ އެވެ. އަދި އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ވެސް ދަނީ އެ ޓީމަށް ބޭނުންވާނެ ކުޅުންތެރިން މޮނިޓާ ކުރަން ސްކައުޓުންގެ އެހީ ހޯދަމުންނެވެ. މި ގޮތުން ޖަރުމަނުގެ ޝާލްކާ އަށް ކުޅޭ ލިއޮން ގޮރެޓްޒްކާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް ހިމެނެ އެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލުގެ ބޯޑުގެ ބައެއް ނިންމުންތަކާ ޒިދާން ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެއީ ކިލިއަން އެމްބާޕޭ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށް އަލްވާރޯ މޮރާޓާ އާއި މަރިއާނޯ ޑިއާޒް ވިއްކާލުމުންނެވެ.
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ
ރިޓަޔާކުރާނީ ރެއާލް މެޑްރިޑުގައި: ކްރޫސް
ކަރަންޓީން ވާން ޖެހި ކްރޫޒަށް ސީޒަން ނިމުމުގެ ބިރު
ފީފާ އާއި ޔުއެފާ އަށް ކްރޫސް ފާޑުކިޔައިފި
ކްރޫޒަށް އަނިޔާވެ މެޑްރިޑަށް އިތުރު މައްސަލަތަކެއް
ރޮނާލްޑޯ ނެތްތަން ފޫބައްދަން އުނދަގޫވާނެ: ކްރޫސް
ބަޔާނަށް ވުރެ ރެއާލް ވަރުގަދަ: ކްރޫސް
ކްރޫސް އަށް ޔޫވޭ އިން 93 މިލިއަން ޑޮލަރުގެ ބިޑެއް