25 ޑިސެމްބަރ 2016
ލަންޑަން (ޑިސެމްބަރު 25) – އަންދްރޭ ޕިރްލޯ ނެތްތަން ފޫބެއްދުމަށްޓަކައި ޔުވެންޓަސް އިން ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ގަތުމަށް 93 މިލިއަން އެމެރިކާ ޑޮލަރުގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޑިސެމްބަރު 25) – އަންދްރޭ ޕިރްލޯ ނެތްތަން ފޫބެއްދުމަށްޓަކައި ޔުވެންޓަސް އިން ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ގަތުމަށް 93 މިލިއަން އެމެރިކާ ޑޮލަރުގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑުގެ އާ ކޯޗު ޒައިނުއްޒީން ޒިދާނުގެ ކޯޗުކަމުގެ ދަށުން ކުޅެން ކްރޫސް އަށް އުނދަގޫތަކެއް ދިމާވާތީ އޭނާ މިދިޔަ ސީޒަނުގައި ކްލަބް ބަދަލުކުރަން ތައްޔާރުވި އެވެ. އިނގިރޭސި ބައެއް ކްލަބްތަކުން އޮފާތައް ލިބުނު ނަމަވެސް ފަހު ވަގުތު ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ތަށްޓަށް އަމާޒުކޮށްފައިވާ ޔުވެންޓަސް އިން ބޮޑު އަގުގައި ކުޅުންތެރިން ގަންނަމުން އަންނައިރު އެ ޓީމުން މިވަގުތު ބޭނުންވަނީ ޕިރްލޯ ކުޅުނު މަގާމް ކަމަށްވާ ޑީޕް-ލައިން ޕްލޭމޭކަރުގެ ރޯލަށް ކުޅުންތެރިޔަކު ގެންނާށެވެ. ޑިފެންސް ލައިން ކުރިމަތީގައި ހުރެ ދިގު ބޯޅަތަކެއް ބޭނުންކޮށްގެން ޕްލޭމޭކްކުރާ އެ މަގާމަށް ކުޅެން އެންމެ އެކަށީގެންވާ އެއް ކުޅުންތެރިޔަކީ ކްރޫސެވެ.
ޔުވެންޓަސް އިން ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދި ގޮންޒާލޯ ހިގައިން ވެސް ހަމަ މި އަގަށް ގަނެފަ އެވެ. އޭނާ ވިއްކާލަން ނަޕޯލީން ބޭނުންނުވި ނަމަވެސް ރެކޯޑް އަގާ އެކު އެ ޓީމަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
އުމުރުން 26 އަހަރުގެ ކްރޫސްގެ މާކެޓް އަގަކީ 76 މިލިއަން ޑޮލަރެވެ. އެހެންކަމުން އިތުރު 25 މިލިއަން ޑޮލަރާ އެކު އޭނާ ވިއްކާލަން މެޑްރިޑުން އެއްބަސްވެދާނެ ކަމަށް ސްޕެއިނުގެ އޭއެސް އިން ބުނެ އެވެ.
ޔުވެންޓަސްގެ މެދުތެރެ މިދިޔަ އަހަރުތަކުގައި ޑޮމިނޭޓްކުރި ކުޅުންތެރިންގެ ތެރެއިން ޕިރްލޯ އާއި ޕައުލް ޕޮގްބާ އަދި އަރޫޓޯ ވިޑާލް ކްލަބް ދޫކޮށްލާފައިވާއިރު އެ ކްލަބުގެ މެދުތެރެ މިވަގުތު ބަލަހައްޓަނީ ކްލައުޑިއޯ މާކީޒިއޯ އާއި މިރެލަމް ޕިޔަނިޗް އަދި ސާމީ ކެދީރާ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ޕޮގްބާ ވިއްކާލައިގެން ސަތޭކަ މިލިއަން ޑޮލަރު ހޯދާފައިވާތީ ޔުވެންޓަސް އަށް މިޑްފީލްޑް ވަރުގަދަކުރުމަށް ބޮޑު އިންވެސްޓެއް ކުރުމަށް މާބޮޑު ހާސްކަމެއް ނެތެވެ.
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ
ރިޓަޔާކުރާނީ ރެއާލް މެޑްރިޑުގައި: ކްރޫސް
ރެއާލްގެ މަގާމު އެލެގްރީ ގަބޫލުކުރި ނަމަ ރަނގަޅުވީސް
ސުޕަ ލީގު ކްލަބްތަކަށް ޔޫއެފާއިން މާފުދީފި
އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ
ކްލަބުތަކުން ޔޫއެފާ ދެކެ ބިރުގަންނަން ޖެހޭނެ: ޓެބާސް
ޔޫއެފާއިން ތިން ކްލަބު ދެ އަހަރަށް ސަސްޕެންޑް ކޮށްފާނެ
ކަރަންޓީން ވާން ޖެހި ކްރޫޒަށް ސީޒަން ނިމުމުގެ ބިރު