28 ސެޕްޓެމްބަރ 2021
ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑިން ޓީމު އުފައްދަން މަސައްކަތްކުރި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ނިންމި ނިންމުން އުވާލައިފި އެވެ.
ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑިން ޓީމު އުފައްދަން މަސައްކަތްކުރި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ނިންމި ނިންމުން އުވާލައިފި އެވެ.
މި ތިން ކުލަބަކީ ވެސް ސުޕަ ލީގު އުފެއްދުމުގައި ބައިވެރިވި 12 ކުލަބުގެ ތެރެއިން ތިން ކުލަބެވެ. މި ތިން ކުލަބުގެ އިތުރުން މީގައި ޝާމިލުވި ނުވަ ކުލަބަކުން ވަނީ ކުރިމަތިވި ގިނަ ފިއްތުންތަކާއެކު މުބާރާތުން ވަކިވެފަ އެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް އަދިވެސް މުބާރާޓުން ވަކިވާން ދެކޮޅު ހަދާފައިވާއިރު، ޔޫއެފާއިން ވަނީ މި ކުލަބުތަކުން އެ އިދާރާގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ތަހުގީގެއް ވެސް ފަށައިފަ އެވެ. ނަމަވެސް ކޯޓު މަރުހަލާގައި މި ތިން ކުލަބުން ވެސް ބުނެފައި ވަނީ އާ ލީގެއް ފަށަން ކުރި މަސައްކަތާ ގުޅިގެން ޔޫއެފާއިން އަދަބު ދިނުމަކީ ޔޫރަޕުގެ މުބާރާތްތަކާ ބެހޭ ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ.
އެހެން ނަމަވެސް އެ ތަހުގީގަކީ ޔޫރަޕިއަން ފްރީ ޓްރޭޑް ގާނޫނުތަކާ ފުށުއަރާކަމެއް ކަމަށް މީގެ ކުރިން މެޑްރިޑުގެ ކޯޓަކުން ވަނީ ނިންމައިފަ އެވެ.
މި ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ޔޫއެފާއިން ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ވަނީ، ދައުވާތައް އަނބުރާ ގެންދިޔަކަން އިއުލާން ކޮށްފަ އެވެ.
"ސުޕަ ލީގާ އެކު ޔޫއެފާގެ އަސާސީ ގަވާއިދާ ހިލާފްވެފައިވާ ކަމަށް ބާސެލޯނާ އާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ކުރާ ދައުވާތައް މިއަދުން ފެށިގެން ބާތިލް ކޮށްފިން،" ޔޫއެފާގެ ބަޔާނުގައިވެ އެވެ.
މި ތިން ކުލަބުގެ އިތުރަށް ސުޕަ ލީގު އުފެއްދުމުގައި މަސައްކަތްކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާން އަދި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑެވެ.
ޔޫއެފާގެ މި ނިންމުމާ އެކު ސުޕަ ލީގުން ވަކިވި ނުވަ ކުލަބް އެކުވެގެން މުޅި ޔޫރަޕުގެ ފުޓުބޯޅަ ތަރައްގީކުރަން ގްރާސްރޫޓް މަސައްކަތަށް ދައްކަން ޖެހުނު 25 މިލިއަން ޕައުންޑުގެ ޖޫރިމަނާ ވެސް ވަނީ މާފް ކޮށްދީފަ އެވެ.
ޔޫއެފާގެ މި ނިންމުމާ އެކު ވެސް ސުޕަ ލީގު ނުވަތަ އެފަދަ އެހެން ވެސް މުބާރާތެއްގެ މަސައްކަތް އެއްވެސް ފަރާތަކުން ފަށައިފިނަމަ އެބަޔަކާ ދެކޮޅަށް އަދިވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.
ޔޫރަޕިއަން ސުޕަ ލީގަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްވެ ހުރެ އިއުލާންކުރި މުބާރާތެކެވެ. ނަމަވެސް އިއުލާންކުރިތާ ގާތްގަނޑަކަށް ތިން ދުވަސްތެރޭ މުބާރާތް ވަނީ ފްލޮޕްވެފަ އެވެ.
އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި
ކްލަބުތަކުން ޔޫއެފާ ދެކެ ބިރުގަންނަން ޖެހޭނެ: ޓެބާސް
ޔޫއެފާއިން ތިން ކްލަބު ދެ އަހަރަށް ސަސްޕެންޑް ކޮށްފާނެ
ރެއާލް، ބާސާ، ޔުވެންޓަސްއަށް ބޮޑު އަދަބެއް ދީފާނެ
ވިނީޝިއުސްއާ ދިމާކުރުމުން ޕެރޭޒްގެ ދަތުރު ކެންސަލްކޮށްފި
"ޔޫއެފާ އިން ކަންކުރަންވީ ގޮތް ކިޔައިދޭކަށް ނުޖެހޭ"
"ރެއާލުން މިހާރު އެ ފެންނަނީ ރޮނާލްޑޯ ނެތްތަން"
ބޮޑު މުސާރަ ލިސްޓުގެ ކުރީގައި ބާސާ، ރެއާލް އަދި ޔުވެންޓަސް
ފިފްޕްރޯ ޓީމުގައި ސްޕެނިޝް ލީގުގެ ނުފޫޒް
ކުއާޓާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭނީ ޔުވެންޓަސް