05 ޑިސެމްބަރ 2020
މެޑްރިޑް (ޑިސެމްބަރު 5) - ރެއާލް މެޑްރިޑަށް މިހާރު ދިމާވަމުންދާ މައްސަލަތަކުގެ އަސްލަކީ ވިސްނާނުލައި އެ ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުން ކަމަށް އެ ޓީމުގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޯން ވިދާޅުވެއްޖެ އެވެ.
މެޑްރިޑް (ޑިސެމްބަރު 5) - ރެއާލް މެޑްރިޑަށް މިހާރު ދިމާވަމުންދާ މައްސަލަތަކުގެ އަސްލަކީ ވިސްނާނުލައި އެ ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުން ކަމަށް އެ ޓީމުގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޯން ވިދާޅުވެއްޖެ އެވެ.
ރެއާލް ދޫކޮށް ރޮނާލްޑޯ 2018 ވަނަ އަހަރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ސޮއިކުރީ 113 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އޭރު އުމުރުން 33 އަހަރުގެ ރޮނާލްޑޯ ބުނީ ރެއާލް ދޫކޮށްލަން ޖެހުނު އެއް ސަބަބަކީ އެ ޓީމުގެ ލީޑަޝިޕަށް ފަހަކަށް އައިސް އޭނާ މުހިއްމު ނުވުމުން ކަމަށާއި އެހެންވެ އާ ޗެލެންޖެއް ނަގަން ބޭނުންވީ ކަމަށެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ބޭނުންވާތީއާ އެކު ރެއާލުން ރޮނާލްޑޯ ވިއްކާލި ފަހުން މިއީ ތިން ވަނަ ސީޒަނެވެ. އަދިވެސް ރެއާލުން އެންމެ ބޭނުންވާ ވަރަށް ކްލަބްގެ ކުޅުމާއި ނަތީޖާތައް ނެރުމުގައި މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އަލުން އެ ކްލަބަށް ކާމިޔާބު ހޯދައިދިން ކޯޗު ޒިނެދިން ޒިދާން ގެނައި ނަމަވެސް އޭނާ އަށް ވެސް އަންނަނީ ކްލަބް ކުރިން އޮތް ލެވަލަށް ގެންދިއުމުގައި ދަތިތަކެއް ދިމާވަމުންނެވެ.
ސްޕެއިނުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ
"އޭނަ (ޕެރޭޒް) ވަރަށް ބޮޑު ގޯހެއް ހެދީ ރޮނާލްޑޯ ވިއްކާލައިގެން. ރެއާލުން އެ ފެންނަނީ ރޮނާލްޑޯ ނެތްތަން. އަހަންނަށް މީގައި ބަހެއް ބުނަން މި ޖެހެނީ ރެއާލަށް ރޮނާލްޑޯ ގަތީ އަހަރެން ކަމަށްވާތީ. ހަގީގަތުގައި ކްލަބްގެ ބައެއް މީހުން ދިން ހިޔާލާ ދެކޮޅަށް ޕެރޭޒް ނިންމި ނިންމުމެއްގެ ސަބަބުން ރެއާލަށް މި ހާލަތު މިއައީ،" 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލަށް ރޮނާލްޑޯ ގަނެދިން ރައީސް ކަލްޑެރޯން ވިދާޅުވި އެވެ.
މިހާރު އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަންނަނީ ޔުވެންޓަސްގައި ވެސް ތަފާތު ދައްކަމުންނެވެ. ރޮނާލްޑޯ އަށް ޓޮޕް ލެވަލްގައި ނުކުޅެވޭނެކަމަށް ޕެރޭޒް އަށް ވިސްނުނީތޯ ނޫނީ ރޮނާލްޑޯ ދޫކޮށްލުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއްތޯ ރެއާލްގެ ސަޕޯޓަރުންނަށް އެނގެންޖެހޭ ކަމަށް ކަލްޑެރޯން ވިދާޅުވި އެވެ.
"އަހަރެމެންނަށް އޭރު އިވިގެންދިޔަ ރޮނާލްޑޯ އާއި ޕެރޭޒްގެ ގުޅުން ރަނގަޅު ނޫން ވާހަކަ. އޭގެ ހަގީގަތް ވެސް އަދި ފެންނާނެ. ދެން ފުޓްބޯޅައިގެ ވިސްނުމަށް ބަަލައި ރޮނާލްޑޯ ދޫކޮށްލުން ގޯސްކަން އެ އަންނަނީ މިހާރު ވެސް ފެންނަމުން. ރޮނާލްޑޯ ޔުވެންޓަސްގައި ވެސް އެ އަންނަނީ އޭނާގެ މޮޅު ކުޅުން ދައްކަމުން،" ކަލްޑެރޯން ވިދާޅުވި އެވެ.
މި ފަހަރުގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި ރެއާލްގެ ނަތީޖާތައް އެއް ފެންވަރެއްގައި ހިފަހައްޓައިނުލެވޭތީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާނަަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ކަލްޑެރޯން ވިދާޅުވީ ޑިސެމްބަރު މަހަކީ ޒިދާން އޭނާގެ ވަޒީފާ ސަލާމަތްކުރާނަަމަ ޓީމުގެ ހާލަތު ބަދަލުކުރުން މުހިއްމު ވަގުތެއް ކަމަށާއި އެކަން ނުވެއްޖެނަމަ ރެއާލުން އޭނާ ވަކިކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ސުޕަ ލީގު ކްލަބްތަކަށް ޔޫއެފާއިން މާފުދީފި
އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ
އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި
"މެސީއާ އޮންނަ ވާދަވެރިކަން އުފައްދަނީ ސަޕޯޓަރުން"
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ރެއާލަށް އަދި ކުޅެވޭނެކަމަށް އުއްމީދުކުރަން: ރޮނާލްޑޯ
ރެއާލުގެ ރައީސަށް ރޮނާލްޑޯ ފާޑުކިޔައިފި
ރޮނާލްޑޯ ފުރަތަމަ ހުށަހެޅީ ޔުނައިޓެޑާއި ޕީއެސްޖީ އަށް
ޔުވެންޓަސް އަށް ރޮނާލްޑޯ ސޮއިކޮށްފި
ރޮނާލްޑޯގެ ސޮއި ނުލިބި ލަސްވަނީ ކީއްވެ؟