10 ޖުލައި 2018
މެޑްރިޑް (ޖުލައި 10) - ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް އެ ކްލަބްގެ ރެކޯޑް އަގަކަށް ސޮއިކޮށްފި އެވެ.
މެޑްރިޑް (ޖުލައި 10) - ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް އެ ކްލަބްގެ ރެކޯޑް އަގަކަށް ސޮއިކޮށްފި އެވެ.
މިދިޔަ މެއި މަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު އުމުރުން 33 އަހަރު ރޮނާލްޑޯ ވަނީ ރެއާލުން އަންނަ އަހަރު ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު ފަހުން ރޮނާލްޑޯ ބުނީ އޭނާ ދެއްކި ވާހަކަތައް މީޑިއާގައި ދެކެވުނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ.
ރޮނާލްޑޯ އާއި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދުނީ ރެއާލުގެ ކޯޗުކަމުން ޒިނެދިން ޒިދާން ވަކިވިފަހުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމީ ޒިދާން އެ ޓީމުން ދިޔަ ފަހުންނެވެ.
ޔުވެންޓަސް އިން ރޮނާލްޑޯގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 99.2 މިލިއަން ޕައުންޑް ރެއާލަށް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސްއާ އެކު ރޮނާލްޑޯ ސޮއިކުރިއިރު، އޭނާ އަކީ އެ ކްލަބުން އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިއާ އެވެ. މީގެ ކުރިން ޔުވެންޓަސް އިން އެންމެ ބޮޑު އަގެއް ދިނުމަށް ފަހު ގަތީ ގޮންޒާލޯ ހިގައިން އެވެ. ޔުވެންޓަސް އިން ހިގައިން ގަތީ ނަޕޯލީ އަށް 75.3 މިލިއަން ޕައުންޑް ދައްކައިފަ އެވެ.
ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުގެ ފަހު މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ގްރީސްގެ ހޮޓަލެއްގައި އޭނާ އާއި ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. ރެއާލަށް ރޮނާލްޑޯ ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކުރާ ކަމަށް އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވާއިރު، ރޮނާލްޑޯ ވަނީ ރެއާލުގެ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފަ އެވެ.
ރޮނާލްޑޯ ބުނީ މިއީ ކެރިއަރުގެ އާ ފެށުމެއް ކަމަށާއި ކްލަބް ބަދަލުކުރަން ބޭނުންވެގެން އޭނާ އެދުމުން ކްލަބުން އެކަން ކޮށްދިނީތީ ޝުކުރުއަދާކުރާ ކަމަށެވެ.
ފީފާ ބެސްޓް އެވޯޑް ހަފްލާގެ ތެރެއިން ރޮނާލްޑޯ (ވ) އާއި ޒިދާން.-- ފޮޓޯ: އޭއެފްޕީ
"މިއީ އަހަރެންގެ ކެރިއަރުގައި އާ ފެށުމެއް. އަހަރެން މި ކްލަބް ދޫކޮށްލަން އެދުނީ އާ ޗެލެންޖެއް ބޭނުންވެގެން. އަހަރެންގެ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ރެއާލުގައި ހޭދަކުރި އަހަރުތަކުގައި ގާތްގުޅުމެއް ވަނީ އުފެދިފައި. އަހަރެން މި ކްލަބް ދޫކޮށްދިޔަސް ކްލަބްގެ ހަނދާންތައް އަބަދުވެސް އަހަންނާ އެކު ވާނެ." ރޮނާލްޑޯ ސަޕޯޓަރުންނަށް ހާއްސަކޮށް އާންމުކުރި ސިޓީގައިވެ އެވެ.
މީގެ ފަސް ވަރަަކަށް ދުވަސް ކުރިން ޔުވެންޓަސްގެ ކުރީގެ ޑިރެކްޓަރު ލޫޝިއާނޯ މޮގީ ވަނީ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅެން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ރޮނާލްޑޯގެ ނަން ޖަހާފައިވާ ޔުވެންޓަސްގެ ގިނަ އަދަދެއްގެ ޖޯޒީތަކެއް ވިކިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލާ ގުޅުނީ 2009 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ރެއާލުގައި ރޮނާލްޑޯ ހޭދަކުރި 10 އަހަރުގައި އޭނާ ވަނީ އެ ޓީމަށް 451 ގޯލު ޖަހައިދީފަ އެވެ. އެ ކްލަބާ އެކު ގިނަ ރެެކޯޑްތަކެއް މުގުރާލި ރޮނާލްޑޯ ވަނީ އެ ޓީމުގައި ހުރެ 15 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަވާނީ އެ ޓީމާ އެކު އޭނާ ހޯދި ޗެމްޕިއަންސް ލީގުގެ ހަތަރު ތަށްޓާއި ކްލަބް ވޯލްޑް ކަޕްގެ ތިން ތަށްޓެވެ.
ރޮނާލްޑޯ ވަނީ މިހާތަނަށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު އަދި ފީފާ އިން ދާދި ފަހުން ތައާރަފްކުރި ފީފާ ބެސްޓް އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ.
ރެއާލުގެ ކޯޗުކަމަށް ހަމަޖައްސާފައިވާ ސްޕެއިނުގެ ކުރީގެ ކޯޗު ޖޫލެން ލޮޕެޓެގީ ބޭނުންވަނީ ރޮނާލްޑޯ ނެތްތަނަށް ޗެލްސީގެ އެޑެން ހަޒާޑާއި ޕީއެސްޖީގެ ނޭމާ ނޫނީ ކިލިއަން އެމްބާޕޭ އޭގެ ތެރެއިން ދެ ކުޅުންތެރިއަކު ކަމަަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ
"މެސީއާ އޮންނަ ވާދަވެރިކަން އުފައްދަނީ ސަޕޯޓަރުން"
"ރެއާލުން މިހާރު އެ ފެންނަނީ ރޮނާލްޑޯ ނެތްތަން"
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ރެއާލަށް އަދި ކުޅެވޭނެކަމަށް އުއްމީދުކުރަން: ރޮނާލްޑޯ
ރެއާލުގެ ރައީސަށް ރޮނާލްޑޯ ފާޑުކިޔައިފި
ރޮނާލްޑޯ ފުރަތަމަ ހުށަހެޅީ ޔުނައިޓެޑާއި ޕީއެސްޖީ އަށް
ރޮނާލްޑޯގެ ސޮއި ނުލިބި ލަސްވަނީ ކީއްވެ؟
ޔުވެންޓަސްއާ ގުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ
ރޮނާލްޑޯ މަޑުކުރާނެ ކަމުގެ ޔަގީންކަން ރެއާލަށް ނުދެވުނު