07 އޯގަސްޓް 2018
މެޑްރިޑް (އޮގަސްޓް 7) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބައްދަން ރެއާލް މެޑްރިޑަށް އުނދަގޫވާނެ ކަމަށް އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނެފި އެވެ.
މެޑްރިޑް (އޮގަސްޓް 7) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބައްދަން ރެއާލް މެޑްރިޑަށް އުނދަގޫވާނެ ކަމަށް އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ.
މީގެ ކުރިން ރެއާލުގެ ކުޅުންތެރިން މީޑިއާގައި ވާހަކަ ދެއްކިއިރު ރޮނާލްޑޯ ނެތުމުން ޓީމަށް އަންނާނެ އުނިކަމަކާ ބެހޭގޮތުން އެހާ ބޮޑަށް ވާހަކަ ނުދައްކަ އެވެ. ރެއާލުގެ އާ ކޯޗު ހޫލެން ލޮޕެޓެގީ ވެސް ބުނީ ރޮނާލްޑޯއާ ނުލައި ޓީމު ބައްޓަން ކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި އެ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ކުރިއަށްދާން ބޭނުންވާ ކަމަށެވެ.
ކްރޫސް ބުނީ މިދިޔަ އަހަރުތަކުގައި ރެއާލަށް ލިބުނު ގިނަ ކާމިޔާބީތަކުގައި ރޮނާލްޑޯގެ ދައުރު ބޮޑު ކަމަށެވެ.
"ރޮނާލްޑޯ އަކީ ފާއިތުވި އަހަރުތަކުގައި ސީޒަނަކު 50 ގޯލު ޖަހާ ކުޅުންތެރިއެއް. އެ ފަދަ ކުޅުންތެރިއަކު ނެތްތަން ޓީމުން ދައްކާނެ. ރޮނާލްޑޯ އަކީ ރެއާލުން ހޯދި ގިނަ ކާމިޔާބީތަކުގެ އެއް ސަބަބު. ޓީމަށް އޭނާގެ ގޯލުތަކުން ވަރަށް ފައިދާކުރި. އެ ފަދަ ކުޅުންތެރިއަކު ކުއްލިއަކަށް ހޯދަން އުނދަގޫވާނެ. މިއީ ކާމިޔާބު ހޯދަން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ސީޒަނެއް،" ކްރޫސް ބުންޏެވެ.
އޭނާ ބުނީ ރެއާލުގެ އާ ކޯޗު ލޮޕެޓެގީއާ ބެހޭގޮތުން އެ ޓީމަށް ކުޅޭ ސްޕެއިނުގެ ކުޅުންތެރިން ވަރަށް ރަނގަޅު ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އުއްމީދުކުރަނީ ހުރިހާ ކަމެއް ރަނގަޅަށް ދާނެ ކަމަށެވެ.
"އަހަރެން އެހާ ރަނގަޅަށް ދަންނަ ކޯޗެއް ނޫން. އޭނައާ އެކު ފުރަތަމަ ފަހަރަށް މަސައްކަތް މި ކުރަނީ. އެކަމަކު ސްޕެއިން ގައުމީ ޓީމުގައި ލޮޕެޓެގީއާ އެކު މަސައްކަތްކުރި ކުޅުންތެރިން އޭނާއާ ބެހޭގޮތުން ދައްކަނީ ވަރަށް ރަނގަޅު ވާހަކަތަކެއް. އުއްމީދުކުރަނީ ރަނގަޅުވާނެކަމަށް،" ކްރޫސް ބުންޏެވެ.
ކްރޫސް ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލާ ގުޅުނު ކުޅުންތެރިންގެ ފެންވަރު ރަނގަޅުކަން ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއާ މެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ބުންޏެވެ.
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ
ރެއާލްގައި ބެލިންހަމް ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި
ރޮނާލްޑޯގެ ދަރިފުޅު އެނބުރި ރެއާލްގެ އެކަޑަމީ އަށް
އާ ކްލަބެއް ނިންމުމުގެ ކުރިން ރޮނާލްޑޯ ރެއާލްގައި
ރިޓަޔާކުރާނީ ރެއާލް މެޑްރިޑުގައި: ކްރޫސް
ރޮނާލްޑޯ އަލުން ގެންދަން ރެއާލުން މަސައްކަތެއް ނުކުރޭ
ރޮނާލްޑޯގެ ހުށަހެޅުމަށް ރެއާލުން އިޖާބަ ނުދިން
އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ