Roadha Mihaaru
ކަނބާއައިސާރަނިހިނގުމުގައި ދެން ދުއްވޭނީ އެއްކޮޅަށް

ކަނބާއައިސާރަނިހިނގުމުގައި ދެން ދުއްވޭނީ އެއްކޮޅަށް

10 މެއި 2021

އައިޖީއެމްއެޗް ހުންނަ ކަނބާއައިސާރަނިހިނގުމުގައި ދެކޮޅަށް ދުއްވޭ ގޮތަށް އޮތް ބައި އެއްކޮޅަށް ދުއްވޭ ގޮތަށް މިއަދު ބަދަލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޖީއެމްއެޗް ހުންނަ ކަނބާއައިސާރަނިހިނގުމުގައި ދެކޮޅަށް ދުއްވޭ ގޮތަށް އޮތް ބައި އެއްކޮޅަށް ދުއްވޭ ގޮތަށް މިއަދު ބަދަލުކޮށްފި އެވެ.

ޓްރެފިކް ޕޮލިހުން ކުރި ޓުވީޓެއްގައި ބުނީ މިހާރު މި މަގުން ދުއްވޭނީ މަގުގެ އުތުރުން ދެކުނަށް އެކަނި ކަމަށެވެ. ކުރިން ވެސް މި މަގުގެ އުތުރު ފަރާތުގައި ވެހިކަލް ދުއްވަނީ، އުތުރުން ދެކުނަށެވެ. އެހެންވެ މިހާރު އެ މަގަށް ވަދެވޭނީ މަޖީދީމަގާވީ ކޮޅުންނެވެ.

މި ބަދަލާ އެކު މި މަގުގެ ޕާކިން އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ކަނބާއައިސާރަނިހިނގުމުގެ ދެކުނު ފަރާތް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށް ޓްރެފިކް ނިޝާން ހަރުކުރަނީ.-- ފޮޓޯ: ޓްރެފިކް ޕޮލިސް

ކަނބާއައިސާރަނިހިނގުމުގެ ދެކުނު ފަރާތް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށް ޓްރެފިކް ނިޝާން ހަރުކުރަނީ.-- ފޮޓޯ: ޓްރެފިކް ޕޮލިސް

ކަނބާއައިސާރަނިހިނގުމުގެ ދެކުނަށް އޮންނަ ބައިން ވަކި ހިސާބެއް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ 2017 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މި ސަރުކާރުން ފަށާފައިވާ "މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓު"ގެ ދަށުން، މި މަގުގެ އުތުރު ފަރާތް މިހާރު ވަނީ އަލުން ތަރައްގީކޮށް ހުޅުވާލައިފަ އެވެ.