Roadha Mihaaru

މާލޭގެ މަގުތަކުން 200 އަށް ވުރެ ގިނަ ބާ ވެހިކަލް ނަގައިފި

މާލޭގެ މަގުތަކުގައި ހުރި 200 އަށް ވުރެ ގިނަ ބާ ވެހިކަލް ފުލުހުން މިއަދު ނަގައިފި އެވެ.

މަގުތަކުން 200 އަށް ވުރެ ގިނަ ބާ ވެހިކަލް ނަގައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އޯގަސްޓް 2025

މާލޭގެ މަގުތަކުގައި ހުރި 200 އަށް ވުރެ ގިނަ ބާ ވެހިކަލް ފުލުހުން މިއަދު ނަގައިފި އެވެ.

ފުލުހުން މިރޭ ބުނީ މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމަށް މިއަދު ކުރި މަސައްކަތުން 208 އުޅަނދެއް މަގުތަކުން ނަގާފައިވާ ކަމަށެވެ.

މަގުތަކުން މިއަދު ނެގީ 168 ސައިކަލާއި ހަތަރު ފުރޮޅުލީ 40 އުޅަނދު ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ މަގުތަކުން މިއަދު ބާ އުޅަނދުތައް ނެގީ ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެންނެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި ބާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއިން ކުރެ އެވެ.