28 ފެބުރުއަރީ 2023
ވެލާނާ ޕާކިން ޒޯން މިއަދު ބަންދުކުރީ ޕްލޭނިން މިނިސްޓްރީން ކަމަށާއި އެކަމަށް ކައުންސިލްގެ ހުއްދަ ހޯދާފައި ނެތް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ވެލާނާ ޕާކިން ޒޯން މިއަދު ބަންދުކުރީ ޕްލޭނިން މިނިސްޓްރީން ކަމަށާއި އެކަމަށް ކައުންސިލްގެ ހުއްދަ ހޯދާފައި ނެތް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ބައެއް މުވައްޒަފުން މިއަދު ވަނީ އެ އިމާރާތުގެ ތިރީގައި އެކަމާ ދެކޮޅަށް އިހުތިޖާޖު ވެސް ކޮށްފަ އެވެ.
އެއީ އެ ޕާކިން ޒޯނުގައި ޕާކް ކުރުން، ކުރިން އެންގުމަކާނުލައި ކުއްލިއަކަށް މަނާކުރުމުންނެވެ. މުވައްޒަފުން މިއަދު އޮފީހަށް ދިޔައިރު، ހުރީ އެ ޕާކިން ޒޯނުގެ ވަށައިގެން ސަތަރި ދަމައި ޕާކިން ޒޯނު ބަންދު ކޮށްފައި ކަމަށް އެ މީހުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ޕާކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ އެންގުމަަށް ކަމަށެވެ.
"އެ މިނިސްޓްރީން އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލައި އަދި ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ނޫން،" ކައުންސިލުން ކުރި ޓްވީޓްތަކެއްގައި ބުންޏެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އެންމެ ފުރަަތަމަ "މިހާރު" އަށް ވިދާޅުވީ އެ ޕާކިން ޒޯން ބަންދުކުރީ ސިޓީ ކައުންސިލްގެ ބޭނުމަކަށް ކަމަށެވެ.
"އެ ޕާކިން ޒޯން ތެރޭގައި ހުންނަ މެކޭނިކަލް ޕާކިން ސިސްޓަމް ރޫޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރުމަށް އެ ތަނުގައި ސަތަރި ދަމައި ބަންދުކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ވާހަކަތައް ކައުންސިލުން ވަނީ ދޮގުކޮށްފައި ވަނިކޮށް ފަހުން ކުރި ޓްވީޓެއްގައި، ވަނީ މި ވަގުތު ޕާކިން ޒޯން ބަންދުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބުނެފަ އެވެ.
"ވެލާނާގެއާ އިންވެގެން އޮންނަ ސައިކަލް ޕާކިން ޒޯން މިވަގުތު ބަންދުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށް ކަމުގައި ދަންނަވަމަވެ." ޓްވީޓްގައިވެ އެވެ.
ވެލާނާގޭ ކައިރި ޕާރކިން ޒޯން ބަންދުކޮށް ، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ އެންގުމަަށް ކަމުގައި ދަންނަވަމެވެ. އެ މިނިސްޓްރީ އިން އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ ވެސް މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލާ، 1/2
— Male' City Council (@MaleCitymv) February 28, 2023
މާލެއަށް ދިމާވެފައިވާ ޕާކިން ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުގަ އާއި ހުޅުމާލޭގައި ޕާކިން ސިސްޓަމްތަކެއް ބެހެއްޓި އެވެ. އޭގެ ތެރޭގައި ހީނާމާގޭ ޕާކިން ޒޯނާއި ވެލާނާގެ ޕާކިން ޒޯން ހިމެނެ އެވެ.
ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް 2017 ގައި ވަނީ ޓެސްޓް ވެސް ކޮށްފަ އެވެ. ނަމަވެސް އެ ބޭނުމެއް ނުކުރެ އެވެ. ހީނާމާގޭގައި ޕާކިން ޒޯނުގައި ހެދި މެކޭނިކަލް ޕާކިން ސިސްޓަމްގެ ބޭނުން ނުކޮށް ދަބަރު ޖެހުމުން އެ ތަން ވެސް ވަނީ ނަގައިފަ އެވެ.
ޕާކް ކުރާނެ ތަނެއް ނެތުމުން މުވައްޒަފުން އިހުތިޖާޖަށް
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި
ޓޯ ވެސް ކުރަންވީ، ސްޓިކާ ވެސް ޖަހަންވީ!
ޕާކިންގެ މައްސަލަ ބޮޑުވުމުން ޓޯ ކުރަން ފަށަނީ
ޕާކިން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން
ވެލާނާގެ ކުރިމަތީގައި ޕާކުކުރުން ހުއްޓާލައިފި
އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި
ހުސް ބިންތައް ޕާކިން ޒޯނަކަށް ހެދުމަކީ ހައްލެއް ނޫން
މާފަންނު ސަހަރާ ހުސްކޮށް ޕާކިން ޒޯނެއް ހަދަނީ