28 ފެބުރުއަރީ 2023
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ބައެއް މުވައްޒަފުން މިއަދު އިހުތިޖާޖަށް ނުކުމެއްޖެ އެވެ.
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ބައެއް މުވައްޒަފުން މިއަދު އިހުތިޖާޖަށް ނުކުމެއްޖެ އެވެ.
ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހުމަދު މަގުން، އެ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ މަނާކަމެކެވެ. އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރަސްމީ ގަޑީގައި ފުލުހުން ނުކުމެ ވަނީ އެ ތަނުގައި ހުރި ހުރިހާ ސައިކަލެއްގައި ސްޓިކާ ޖަހައިފަ އެވެ. އެ ފަހުން އެ ސަރަހައްދުގައި ޕާކް ކުރުން ހުއްޓާލި އެވެ.
ނަމަވެސް މުވައްޒަފުންގެ މި ފަހަރުގެ ކަންބޮޑުވުމަކީ ވެލާނާގެ ބިލްޑިންގާއި ދަރުމަވަންތަ ސްކޫލް ކައިރީގައި ވަރަށް ކުރިއްސުރެ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކް ކުރުން ކުއްލި ގޮތަކަށް މަނާކުރުމެވެ. މުވައްޒަފުން މިއަދު އޮފީހަށް ދިޔައިރު، ހުރީ އެ ޕާކިން ޒޯނުގެ ވަށައިގެން ސަތަރި ދަމައި ޕާކިން ޒޯނު ބަންދު ކޮށްފައި ކަމަށް އެ މީހުން ބުންޏެވެ.
ވެލާނާގެ ބިލްޑިންގާ ޖެހިގެން އޮންނަ ޕާކިން ޒޯނުގެ ވަށައިގެން ސަތަރި ދަމައި މިއަދު ބަންދުކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ އިހުތިޖާޖުގެ ބައިވެރިއަކު "މިހާރު" އަށް ބުނީ އިހުތިޖާޖުގެ ބޭނުމަކީ ވެލާނާގެ ސަރަހައްދުގެ ޕާކިން ޒޯން މިއަދު ބަންދުކޮށްފައި ހުރުމުން އެ އަޑު އިއްވުން ކަމަށެވެ.
"އަޅުގަނޑުމެން އައިއިރު މި އިމާރާތާ ޖެހިގެން އޮންނަ ޕާކިން ޒޯން އޮތީ ސަތަރި ޖަހައި ބަންދުކޮށްފައި. އިރުކޮޅަކުން ތިރިއަށް ފޭބިއިރު ޕާކު ކޮށްފައި ހުރި ސައިކަލުތައް ހުރި ތަން ހުރީ ޕާކް ނުކުރެވޭ ގޮތަށް ހަދާފައި،" އޭނާ ބުންޏެވެ.
ވެލާނާގެ ބިލްޑިންގާ ޖެހިގެން އޮންނަ ޕާކިން ޒޯނުގައި މިއަދު ޕާކިން މަނާކުރުމުން، އެ އިމާރާތުގައި ހިންގާ ޔޫތު މިނިސްޓްރީގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަނީ.---ފޮޓޯ: މިހާރު
އިހުތިޖާޖު ކުރާ މުވައްޒަފުން ވަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރި އަށް ވެސް ޖަމާވެ އަޑު އުފުލައިފަ އެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލް އަދި ފުލުހުންގެ ބަހެއް ވެސް ނުލިބެ އެވެ.
ވެލާނާގެ ވަށައިގެންވާ ސަރަހައްދުގައި ޕާކިން ޒޯނުތައް ހަދާފައި ހުރި ނަމަވެސް ރަސްމީ ގަޑީގައި ޖާގަ ލިބުން ވަރަށް ދަތިކަމުގެ ޝަކުވާ ވެސް އަބަދު ކުރެ އެވެ.
ޕާކިން ޒޯން ބަންދުކުރީ މިނިސްޓްރީން: ކައުންސިލް
ވެލާނާގެ ކުރިމަތީގައި ޕާކުކުރުން ހުއްޓާލައިފި
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި
ޓޯ ވެސް ކުރަންވީ، ސްޓިކާ ވެސް ޖަހަންވީ!
ޕާކިންގެ މައްސަލަ ބޮޑުވުމުން ޓޯ ކުރަން ފަށަނީ
ޕާކިން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން
އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި
ހުސް ބިންތައް ޕާކިން ޒޯނަކަށް ހެދުމަކީ ހައްލެއް ނޫން
މާފަންނު ސަހަރާ ހުސްކޮށް ޕާކިން ޒޯނެއް ހަދަނީ