Roadha Mihaaru
މާލޭ މަގުތަކުން 40 ވެހިކަލް ރޭ ޓޯކޮށްފި

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 40 ވެހިކަލް ރޭ ޓޯކޮށްފި

14 މާޗް 2024

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 40 ވެހިކަލް ފުލުހުން ރޭ ޓޯކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 40 ވެހިކަލް ފުލުހުން ރޭ ޓޯކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަމީނީމަގުން އެކަނި ވެސް ރޭ 15 ވެހިކަލް ޓޯކުރި ކަމަށެވެ. އަދި ރޭ އެކަނި ވެސް މާލޭގެ އެކި ތަންތަނުން 40 ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް

މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުގެ ސަބަބުން ނުގަވާއިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ހަފުތާގަ އެވެ.

ވެހިކަލްތައް ޓޯކުރަން ފުލުހުން ފެށީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި އިމަޖެންސީގައި ދުއްވާ އުޅަނދުތައް ދަތިވާ ގޮތަށް ނުގަވާއިދުން އުޅަނދު ޕާކްކުރާ އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރު ވެސް ދިނުމަށް ފަހު އެވެ.

މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް

މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް

ގިނަ ދުވަސްތަކަކަށް ފަހު ފުލުހުން އުޅަނދުތައް ޓޯކުރަން ފެށީ މާލޭގައި ހަމައެއް ލަމައެއް ނެތި ޕާކުކުރުން އާންމުވުމުންނެވެ. ޕާކުކުރުން މަނާ މަގުތަކާއި ޕޭވްމަންޓުތައް މަތީގައި ވެސް މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުން އާންމުވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.

އެކަމަކު ޕާކިން ޖާގަ ދައްކާފައި ނޫނީ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެހެންވެ، ގަވާއިދާ ހިލާފަށް ޕާކުކުރިޔަސް ސްޓިކާ ނުޖަހަ އެވެ.