07 މެއި 2021
ޖައްވީ ޓޫރިމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ކުންފުނި ބްލޫ އޮރިޖިން އިން ބާއްވާ ފުރަތަމަ ދަތުރު އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.
ޖައްވީ ޓޫރިމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ކުންފުނި ބްލޫ އޮރިޖިން އިން ބާއްވާ ފުރަތަމަ ދަތުރު އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެ ކުންފުނިން ބުނީ ނިއު ޝެފަޑް ކިޔާ އުޅަނދުގައި ބާއްވާ ދަތުރު އޮންނާނީ ޖުލައި މަހުގެ 20 ގައި ކަމަށެވެ. މި ދަތުރުގެ އެއް ސީޓް ނީލަން އުސޫލުން ވިއްކައިލަން ވެސް ވަނީ ނިންމައިފަ އެވެ. އެ ސީޓުން ލިބޭ ފައިސާ ބޭނުން ކުރާނީ "ކުލަބް ފޯ ދަ ފިއުޗާ" ފައުންޑޭޝަނަށެވެ.
ނީލަމުގައި ވިއްކާ ސީޓާ ބެހޭ ގޮތުން ބްލޫ އޮރިޖިންގެ އެއޮރޮނޯޓް ސޭލްސްގެ ޑިރެކްޓަރު އަރިއާން ކޯނެލް ވިދާޅުވީ ނީލަމުގައި ސީޓް އޮންނާނީ ކުރިއަށް އޮތް ފަސް ހަފުތާގެ މުއްދަތަށް ތިން ފޭހުގެ ޕްރޮސެސްއަކަށް ކަމަށެވެ.
ސީޓަށް ބިޑްކުރަން ޝައުގުވެރިވާ ފަރާތްތަކަށް Blue Origin.com އިން ރަޖިސްޓްރީކުރެވޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ވެސް ސައިޓުން ލިބޭނެ އެވެ. ނީލަން މެނޭޖްކުރަނީ މެސެޗޫޒެސްގެ އާރްއާރް އޮކްޝަންސްއިންނެވެ.
On July 20th, #NewShepard will fly its first astronaut crew to space. We are offering one seat on this first flight to the winning bidder of an online auction. Anyone can place an opening bid by going to https://t.co/6DpTdTxo36. #GradatimFerociter pic.twitter.com/jBMFYX7xHg
— Blue Origin (@blueorigin) May 5, 2021
ޖައްވަށް ކުރާ ދަތުރުތަކުގައި ބްލޫ އޮރިޖިން އިން ބޭނުން ކުރަން ހަމަޖެހިފައިވާ ނިއު ޝެފަޑަކީ ރޮކެޓް ފަރުމާ އަށް ހަދާފައިވާ 60 ފޫޓް ދިގު އެއްޗެކެވެ. މީގައި ހިމެނެނީ ހަ ސީޓެވެ. މި އުޅަނދުގައި ޖައްވުގެ ތެރޭގައި 10 މިނިޓްގެ މައިކްރޮގްރެވިޓީ ތަޖުރިބާކޮށްލެވޭނެ އެވެ.
ބްލޫ އޮރިޖިންގެ ދަތުރުތަކަށް ނަގާނެ އަގުތަކެއް އަދި ހާމައެއްނުކުރެ އެވެ.
On May 5, 1961, Alan Shepard completed his historic first flight to space onboard Freedom 7. On May 5, 2021, you can follow in his footsteps on #NewShepard. Sign up to learn more at https://t.co/7Y4The9OmR #MayThe4thBeWithYou pic.twitter.com/1JZoqNOhJv
— Blue Origin (@blueorigin) May 4, 2021
"އަގުތަކާ މެދު ގޮތެއް ނިންމާނީ ނީލަމުގައި ވިއްކާ ސީޓަށް ލިބޭ އަގަށް ބަލާފައި،" ކޯނެލް ވިދާޅުވި އެވެ. "އެއަށް ފަހު އަހަރެމެން ރަސްމީކޮށް އަގުތައް އިއުލާންކުރާނަން."
ބްލޫ އޮރިޖިންގެ ފުރަތަމަ ދަތުރު ޖުލައި 20 ގައި ބޭއްވުމަށް ފަހު، އަހަރުގެ ފަހުކޮޅު އިތުރު ދަތުރުތަކެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
އެމެޒޯން ކުންފުނީގެ ވެރިޔާ ބެޒޯސްގެ ބްލޫ އޮރިޖިން އަކީ 2000 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ.
ޖެފް ބެޒޮސް ކުންފުނިން ޖައްވީ ޕާކަކަށް ތައްޔާރު ވަނީ
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ދެ މަހުޖަނުންގެ ޖައްވީ ދަތުރު ބޮޑު ވާދަޔަކަށްވެއްޖެ
ބެޒޯސްއާ އެކު ޖައްވަށް ދާ ދުވަސްވީ މީހާ އަކީ ކާކު؟
ޖައްވީ ދަތުރުގެ ހާއްސަ ސީޓް 28 މިލިއަނަށް ވިކިއްޖެ
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖައްވަށް ދަނީ
ޖަޕާންގެ މަހުޖަނަކު އައިއެސްއެސް އަށް
ހޭންކްސް އަށް ޖައްވީ ދަތުރަކީ ބޭކާރު ކަމެއް
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ
ސްޕޭސް އެކްސްގެ ފުރަތަމަ ޖައްވީ ދަތުރަށް ތައްޔާރު